މިލައުތުރު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ލުބްނާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ލުބްނާނުގެ މިނިވަން ދުވަހުގެ ތަހުނިޔާ، އެ ޤައުމުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ބޮޑުވަޒީރު މުޙައްމަދު ނަޖީބު ޢަޒްމީ މީޤާތީއަށް ފޮނުއްވި މެސެޖުގައި ލުބުނާނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ.

ރައީސްގެ މެސެޖުގައި، ޒަމާނުއްސުރެ ދެ ޤައުމުގެ މެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށާއި، މިނިވަން ދުވަސް އައިސް ބައްދަލުކުރި މި ދަނޑިވަޅަކީ ލުބްނާނަށް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއް ކަމުގައި ފާހަގަކުރައްވައި އެ ޤައުމުގެ އަޚުންނާއި އުޚުތުންނާއެކުގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައި ވެއެވެ.

ރައީސްގެ މެސެޖުގައި ލުބްނާނުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައި ވެއެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.