ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދުއްޕާނެއް ނޫން – ސައީދު

މިލައުތުރު | 10 ނޮވެމްބަރ 2025 | ޚަބަރު

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގެ ތަރައްގީން ލިބެނީ ރަނުގެ ފުރުސަތެއް ކަމަށާއި މިއީ ދިވެހި ވިޔަފާރިތައް ރާއްޖޭގެ އެންމެ އުތުރަށް ފުޅާކުރަންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Advertisement
Advertisement

ހަނިމާދޫ އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އަލުން ހުޅުވުމަށް އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއީ ހަމައެކަނި އެއާޕޯޓެއް ނޫން ކަމަށާއި ހދ. އަތޮޅާއި ބޮޑުތިލަދުންމަތީގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރައްޔިތުންގެ ތަރައްގީގެ މައި ދޮރޯށި ކަމަށެވެ.

އަދި އިޤްތިޞާދާބެހޭ ވަޒީރު ސައީދަށް ވެސް މިހާރު ހަނިމާދޫ އެއާޕޯޓާ ރަންވޭ ފެންނަނީ ދުއްޕާނެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި ވިޔަފާރި އާއި އިޤްތިޞާދީ ރަނުގެ ފުރުޞަތެއްގެ ގޮތުގައެވެ.

ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ކެމްޕެއިނުގައި ހުށަހެޅުއްވި ތަރައްގީގެ ސިޔާސަތުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ ހަތަރު އަތޮޅެއް ކަނޑައަޅައި، އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ހިމަނާފައި ވާނެ ކަމަށާއި ރާއްޖޭގެ އުތުރުގައި އެ ސިޔާސަތުގައި ކުލަޖެއްސުމަށް ހަނިމާދޫ އެއާޕޯޓަކީ އެންމެ މުހިންމު ވަޞީލަތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.