އިންޑިއާގެ ނިއު ދިއްލީގައި ބާރުގަދަ ގޮވުމެއް، ގިނަބަޔަކު މަރުވެއްޖެ

އައިމިނަތު ރައުދާ | 10 ނޮވެމްބަރ 2025 | ޚަބަރު

އިންޑިއާގެ ވެރިރަށް، ނިއު ދިއްލީގައި ބާރުގަދަ ގޮވުމެއް ގޮވައި، ގިނަ ބަޔަކު މަރުވެއްޖެއެވެ.

ދިއްލީ ޕޮލިސް ކޮމިޝަނާރ މަޢުލޫމާތު ދެއްވި ގޮވުން ގޮވާފައިވަނީ މަޑު މަޑުން ދިޔަ ކާރެއް ރެޑް ފޯޓް މެޓްރޯ ސްޓޭޝަން ކައިރީގައި އޮއްވާ ކަމަށެވެ.

Advertisement
Advertisement

އެ ގޮވުން ގޮވާފައިވަނީ ފަރީދުއާބާދު، ހަރިޔާނާގައި ހުރި ކަޝްމީރީ ޑޮކްޓާރެއް ކުއްޔަށް ހިފާފައި ހުރި ގެއަކުން ގާތްގަނޑަކަށް 360 ކިލޯގްރާމްގެ އެމޯނިއަމް ނައިޓްރޭޓް ކަމަށް ޝައްކުކުރެވޭ މާއްދާއަކާއި، ހަތިޔާރާއި ވަޒަންތަކެއް ފެނުނުތާ މަދު ގަޑިއިރުތަކެއްގެ ފަހުންކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

މިހާދިސާގައި މަރުވި މީހުންގެ އަދަދު 10 އަށް އަރައިފިއެވެ.

މިހާދިސާގެ ވީޑިއޯ އާއި ފޮޓޯތަށް ދަނީ ސޯސަލް މީޑިއާގައި ފެތުރެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.