ސިއްހީ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ މޫސާ އަންވަރަށް

މިލައުތުރު | 11 ނޮވެމްބަރ 2025 | ޚަބަރު

ސިއްހީ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރެއްވި މޫސާ އަންވަރަށެވެ.

އައްޑު އަތޮޅު މީދޫއަށް އުފަން މޫސާ އަންވަރަށް ޝަރަފުވެރިކަމުގެ އިނާމު އެރުވީ މިއަދު އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

Advertisement
Advertisement

އައްޑޫ ގަމުގައި އިނގިރޭސީން އުޅުނު ދުވަސްވަރު މަސައްކަތްކުރައްވަން ފެއްޓެވި މޫސާ އަންވަރު އެންމެ ފުރަތަމަ މަސައްކަތް ކުރައްވަން ފެއްޓެވީ ރޯޔަލް އެއާފޯސްގެ ރީޖަނަލް ސެންޓަރުގައެވެ. އުމުރުން 16 އަހަރުގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. އެއީ އޭރުވެސް ރަނގަޅަށް އިނގިރޭސި ބަސް ދެނެވަޑައިގަންނަވާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.