ކަންކަން މިނެކިރަން ގެންގުޅުއްވާ މިންގަނޑަކީ ނަތީޖާ ކަމަށާއި، ވައުދުތަކުގެ ނަތީޖާ އެއީ މިންގަނޑު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ކިބައިން އުފެދިގެން އަންނަ ވެރިކަމެއް ކަމަށާއި، ރައްޔިތުންނަށް އެންމެ މުހިންމު ވާނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ހައްގުތައް ކަށަވަރު ވެގެން ދިއުން ކަމަށެވެ.
ވޭތުވެގެން މިދާ ދެ އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ހަވާލުކުރި ޒިންމާ މާތް ﷲ ގަންދީ ކުރި ހުވާގެ މަތީގައި ހުރެ، ކޮންމެ ދުވަހަކު ވެސް އެ ހުވާ ހަނދާން ކޮށް، ޒިންމާ އަދާކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު