އައްޑޫސިޓީ ހިތަދޫގެ ގެއަކުން ވައްކަން ކުރި ބަޔަކު އެ ގެއިން ވައްކަންކޮށްގެން ދިޔައީ ސެކިއުރިޓީ ކެމެރާވެސް ހިފައިގެން ކަމަށް ފުލުން ބުނެފިއެވެ.
މިއަދު ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކުރި ފޮޓޯއެއްގައި ވަނީ ހިތަދޫގެ ގެއަކުން ވައްކަން ކޮށްގެން ނަގާފައިވާ ބައެއް ތަކެތި ހޯދައި ދައްކާފަ
އެވެ. އެގޮތުން އެ ފޮޓޯ ހިއްސާކުރަމުން ފުލުހުން ބުނީ މި ތަކެއްޗަކީ މި ހިނގާ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުގެ ރޭގައި ހިތަދޫގެ ގެއަކުން ވަގަށް ނަގާފައިވާ ތަކެތި ކަމަށެވެ.
ފުލުހުން އާންމުކުރި ފޮޓޯއިން ފެންނަނީ ޖިންސު ތަކަކާއި ސެންޓުފުޅި ތަކެއްގެ އިތުރުން ފޯނަކާއި ޗާޖަރެކެވެ. އަދި މިތަކެތީގެ އިތުރަށް ސެކިއުރިޓީ ކެމެރާއެއް ފެނެއެވެ. މި ކެ
މެރާ އަކީ އެ ގޭގައި ބޭނުންކުރާ ކެމެރާއެއް ކަމެއް އަދި ޔަގީން ނުވެއެވެ.
އައްޑޫގައި ކުރާ މިފަދަ ވައްކަންތަކުން ނަގާ ގިނަ ތަކެތި މިހާރު ފުލުހުން ހޯދާކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު