ފިނޭންސް މިނިސްޓަރު ކުއްލިގޮތަކަށް އިސްތިއުފާ ދެއްވައިފި

ޝާން މުޙައްމަދު | 8 ޖޫން 2026 | ޚަބަރު

ރައީސް ޑރ. މުހައްމަދު މުއީއްޒުގެ ސަރުކާރުގެ ކެބިނެޓުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފި އެވެ.

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވިކަން ފިނޭންސްގެ ބައެއް އޮފިޝަލުންނާ ހަވާލަދީ ރާއްޖޭގެ ބަ
އެއް މީޑިޔާތަކުގައި ވެސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިކަން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.

ފިނޭންސް މިނިސްޓަރުކަމުން މިއަދު ޒަމީރު އިސްތިއުފާ ދެއްވިއިރު އެ މަގާމަށް އޭނާ އައްޔަންކުރީ ސެޕްޓެމްބަރު 30، 2024 ގަ އެވެ. އޭނާ މި ސަރުކާރުގައި އެންމެ ފުރަތަމަ
ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ.

މިނިސްޓަރ ޒަމީރް އަކީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ކެބިނެޓަށް ބަދަލުތަކެއް ގެނައި އިރު، މި ސަރުކާރުން އެންމެ ފުރަތަމަ ކެބިނެޓަށް އައްޔަންކުރި މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.