އަލަށް އިމާރާތްކުރާ ކައުންސިލް އިދާރާތަކުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ދޭ – އާދަމް ޝަރީފް

މިލައުތުރު | 8 ނޮވެމްބަރ 2025 | ޚަބަރު

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ގިނަ ރަށްރަށުގައި ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ވަޒީރު އާދަމް ޝަރީފު އިތުރަށް ވިދާޅުވީ ކައުންސިލް އިދާރާތައް އިމާރާތްކުުރުމުގެ މަސައްކަތް ގާތުން މޮނިޓަރ ކުރުމަށްޓަކައި ރަށުގެ އެކި ފަރާތްތައް ހިމެނޭގޮތުން އެކުލަވާލެވޭ ކޮމިޓީގެ ބޭނުންތެރިކަން ދަނީ ފެންނަމުން ކަމަށާއި، ރަށު ކައުންސިލް މެދުވެރިކޮށް ކޮމިޓީ އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ގެންދަވާ ކަމަށެވެ.

Advertisement
Advertisement

އަދި ކައުންސިލް އިދާރާގެ އުމްރާނީ މަސައްކަތާބެހޭގޮތުން ބަލަންޖެހޭ ކަންކަމާއި ހައްލު ކުރަންޖެހޭ ކަންކަމާ ބެހޭ ގޮތުން 9108899 އަށް ގުޅުއްވުމުން އެހީތެރިވެދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.