ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފައިސާ ދޫކޮށްފި އެވެ.
އީސީން ވަނީ ފަސް ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފައެވެ. އެއީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ނުވަ ޕާޓީއެެއްގެ ތެރެއިން 5 ޕާޓީއަކަށެވެ. އެ ޕާޓީތަކަކީ ޕީއެންސީ، އެމްޑީޕީ، ޖޭޕީ، ޢަދާލަތު ޕާޓީ އަދި އެމްޑީއޭ އެވެ.
ފައިސާ ލިބުނު ފަސް ޕާޓީ އަށް ޖުމްލަ 27 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ
ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފުސީލު:
* ޕީއެންސީ: 13،316،689.57ރ.
* އެމްޑީޕީ: 8،454،780.51ރ.
* ޖޭޕީ: 2،656،598.57ރ.
* އެމްޑީއޭ: 1،769،648.69ރ.
* ޢަދާލަތު ޕާޓީ: 1،713،538.65ރ.
މި ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލާ އިރު ޕީއެންސީގައި 68،665 މެންބަރުން، އެމްޑީޕީގައި 43،765 މެންބަރުން، ޖޭޕީގައި 13،456 މެންބަރުން، އެމްޑީއޭގައި 9،011 މެންބަރުން އަދި ޢަދާލަތު ޕާޓީގައި 8،844 މެންބަރުން ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު