ކުރިޔަށް އޮތް ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް އެދޭ ދިވެހި ހާފިޒުން ބޭނުންވާ ކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށް މިނިސްޓްރީއަށް ހުށަހެޅުމަށްވެސް ވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.
އަތޮޅުތެރޭގެ ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް އެދޭ ދިވެހި ހާފިޒުން ޖެނުއަރީ 11 ގެ 2:00 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާތައް ހިމެނޭ ރަށްރަށާއި އަދި އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާތަކަށް ހުށައެޅުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ހާފިޒުންނަށް އެލަވަންސް ދޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީހް ނަމާދުކުރާ ކޮންމެ ރެއަކަށް 500ރ. ރޭޓުން ކަމަށެވެ. އަދި ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި ދެ ހާފިޒުންނަށް ކަމަށް މިނިސްޓްރީން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު