ފުވައްމުލަކުގެ ފެނުގެ މައްސަލަ އަދިވެސް ހައްލެއް ނުވޭ

އައިމިނަތު ރައުދާ | 12 ނޮވެމްބަރ 2025 | ޚަބަރު

ކުރިއަށް އޮތް ހަގަޑި އިރު ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށްވަރު ކުރުމަށް ފަހުގައި ފެން ދޫކުރަން ފެށޭނެކަމަށް ސަރުކާރުން އިއްޔެ ބުނި ނަމަވެސް އަދިވެސް ފެނުގެ މައްސަލަ ހައްލުނުވެއެވެ.

މިދިޔަ ހޯމަ ދުވަހު މެންދުރުގެ ވަގުތެއްގައި ފެން މެދު ކަނޑާލީ ބޭނުންނުކުރެވޭވަރަށް ފެން ތަގައްޔަރުވެފައިވާތީ އެވެ. ހަމައެއާއިއެކު ކަނޑުމަގުންނާއި ވައިގެ މަގުނެ ސަރުކާރުންވަނީ ފެން ކޭސް ފޮނުވަން ފަށާފައެވެ.

Advertisement
Advertisement

ސަރުކާރުގެ ތަރުޖަމާނު އިއްޔެ ވިދާޅުވީ ފެން ތަގައްޔަރުވުމާއި ގުޅިގެން އެ ހިދުމަތްދޭ ފެނަކައިން ވަނީ އެމްއެފްޑީއޭ އާއި އެޗްޕީޢޭގެ އިރުޝާޏދާއިއެކު މުޅި ޕައިޕްލައިން ޑިސްއިންފެކްޓްކުރެވިފައިވާ ކަމަށާއި ފްލަޝްކޮށް ފެން އުފެއްދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި ކަމުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.