މި ސަރުކާރުގެ މާލީ ވަޒީރުކަމުގައި ހުންނެވި މޫސާ ޒަމީރު ކުއްލިގޮތަކަށް އިސްތިއުފާދެއްވުމުން އެމަޤާމަށް ށ. އަތޮޅުގެ ދަރިއެއް ކަމަށްވާ ޙަސަން ޒަރީރު އައްޔަނު ކުރައްވައިފި އެވެ.
ޙަސަން ޒަރީރަކީ ށ. މަރޮށީ ބޭފުޅެކެވެ. އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު އެރުވީ އެކަމަށްޓަކައި އިއްޔެގެ މެންދުރުގެ ވަގުތެއްގައި ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އެމަނިކުފާނަކީ ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައެވެ. އަދި ފިނޭންސް މިނިސްޓްރީ އާއި މީރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވައިފަ އެވެ. އެގޮތުން 2010 އިން 2019 އަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިއުގެ މަގާމު 2007 އިން 2010 އަށް އަދާކުރެއްވި އެވެ.
މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވިިއިރު، އެމަނިކުފާނު ހުންނެވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައެވެ.
ކިޔުންތެރިންގެ ހިޔާލު