އީރާނުގެ ވަރުގަދަ މިސައިލް ހަމަލާތަކުން އަނިޔާވެރި ޔަހޫދީންގެ ހިތްތަކަށް ބިރުވެރިކަން ވަދެ، މުޅި އިޒްރޭލް ސިއްސުވާލައިފި އެވެ.
އެމެރިކާގެ ނިވާފަތްގަނޑުގައި އޮވެގެން އީރާނާ ދެކޮޅަށް ހިންގި 12 ދުވަހުގެ ކުރިމަތިލުންތަކަށް ފަހު، އަނެއްކާވެސް މިވަނީ ހަމަލާތައް ފެށިފައެވެ. އީރާނުގެ ޚައިބަރު މިސައިލްތަކުން ޔަހޫދީންގެ ވަޒަންތަކަށް އެއްވެސް ހުރަހެއްނެތި ހަމަލާތައް އަމާޒުކޮށްފައި ވެއެވެ. އެމީހުންގެ އަސްކަރީ މަރުކަޒުތައް އަނދާ އަޅިއަށްވާ މަންޒަރުތައް މީޑިއާތަކުން ދައްކާފައި ވެއެވެ.
އީރާނުން މިވަނީ އަނެއްކާ ވެސް އެމީހުންގެ ވަރުގަދަ އަޒުމާއި، ކެރުންތެރިކަން މުޅި ކަށަވަރު ކޮށްދީފައެވެ. އެމީހުން ބުނާގޮތުގައި މިއީ އިސްލާމީ އުންމަތުގެ ދުޝްމަނުންނަށް ދެވޭ ވަރުގަދަ އިންޒާރެކެވެ. އަދި ލުބުނާނާއި ފަލަސްޠީނަށް ހަމަލާދިނުން ނުހުއްޓައިފި ވޭންދެނިވި ހަމަލާތަކެއް ދޭނެ ކަމުގެ ވަރުގަދަ އިންޒާރު ވަނީ ދީފައެވެ.
އަދި އިތުރަށް ހަމަލާ ބަދަލުކުރަން އިޒްރޭލުން މަސައްކަތް ކޮށްފިނަމަ، ވީރާނާވެފައިވާ ޖަންގައްޔަކަށް ހަދާލާ މުޅި އިޒްރޭލު ހިރަފުހާ އެއްކޮށްލާ ވަރުގެ މިސައިލްތަކުން ހަމަލާދޭނެ ކަމުގެ އިންޒާރު ވެސް ވަނީ އީރާނުން ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު