މިލައުތުރު

ޕީއެންސީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގެ ޓެމްޕޯ ބަދަލުވެއްޖެ: މަރޮށިން މުޙައްމަދު އިބްރާހީމަށް މަރްޙަބާ ކިޔަން ނިކުތީ ދެމީހުން

ޕީއެންސީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ވިޔަފާރިވެރިޔާ މުޙައްމަދު އިބްރާހީމް ކެމްޕެއިނަށް ދިއުމުން މަރްޙަބާ ކިޔަން މަރޮށިން ނިކުތީ އެންމެ ދެމީހުންނެވެ.

ދާއިރާގައި ހިމެނޭ ތިން ރަށުގައި ވެސް މުޙައްމަދު އިބްރާހީމް އަށް ކުރިން އޮތް ވަރަށް ވެސް މިހާރު ތާއީދު ނެތްކަމަށާއި، ށ. މަރޮށިން ލިބުނު ފިނި ތަރްޙީބުގެ ސަބަބުން އޭނާގެ ކެމްޕެއިންގައި ޙަރަކާތްތެރިވާ އިސް ފަރާތްތަކުން ކަން ބޮޑުވުން ފާޅުކޮށްފިއެވެ. އަދި ވަކި ސަބަބެއް ނެތި ޓެމްޕޯ ދަށްވަމުންދާތީ، ކެމްޕެއިން ޓީމް ވަރަށް ބޮޑަށް މާޔޫސް ވަމުންދާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ޕީއެންސީ ކޮމަންޑޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވަނީ މުޙައްމަދު އިބްރާހީމް އާއި އިބްރާހީމް ވަޙީދު (ވައްޑެ) އެވެ. ތިން ތަށުގެ ޒުވާނުން ތާއީދުކުރަނީ ޒުވާން ކެންޑިޑޭޓް ވައްޑެ އަށެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބުކުރާނެ ފަރާތެއް އަންދާޒާކުރުމަކީ ވެސް މިހާރު އުނދަގޫ ކަމެކެވެ. ޒުވާނުން ވައްޑެ އާއެކު ތިބި އިރު، ދޮށީ އުމުރުފުރާގެ މީހުން ތިބީ މުޙައްމަދު އިބްރާހީމްގެ ފަހަތުގައެވެ.

މި ޕްރައިމަރީ އިންތިޚާބުގެ ވޯޓްލާ ތާރީޚް މިހާރު ވަނީ ތިން ވަނަ ފަހަރަކަށް ފަސްކޮށްފައެވެ. މިހާރު އިޢުލާންކޮށްފައި ވާގޮތުން ދެން ވޯޓްލުން އޮންނާނީ 27 ޖެނުއަރީ 2024 ވާ ހޮނިހިރު ދުވަހުއެވެ.

© 2023 milauthuru. All rights reserved.