މިލައުތުރު

ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މަޖިލިސް ޓިކެޓް ކާމިޔާބުކުރެއްވި މުޙައްމަދު ސިނާން އީސީއަށް އެޕްލިކޭޝަން ހުށަހަޅުއްވައިފި.

3 ފެބުރުއަރީ 2024 ގައި ބޭއްވުނު އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ލޯޔަރު ނިޝާން އާއި ވާދަކުރައްވާ ފުރިހަމަ ކާމިޔާބީއެއް ހޯއްދެވި ކޮމަންޑޫގެ މިހާރުގެ ރައީސް މުޙައްމަދު ސިނާން، މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފިއެވެ.

ސިނާންގެ އިތުރުން ވެސް އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ގިނަ ކެންޑިޑޭޓުންތަކެއް ވަނީ އިއްޔެގައި އީސީއަށް ފޯމް ހުށަހަޅުއްވާފައެވެ. އެމްޑީޕީ ލީޑަރޝިޕުން ބުނާގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ސާފު އަޣުލަބިއްޔަތު އެޕާޓީން ނަގާނެެއެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި ހެދުނު ގޯސްތައް މިހާރު ދިރާސާކޮށް ދެނެގަނެވިފައި ވާކަމަށާއި، އެކަން ކަން ރަނގަޅު ކުރުމަށް ފަހު، މަޖިލިސް އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށެވެ.

ކޮމަންޑޫ ދާއިރާގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ މުޙައްމަދު ސިނާން އަކީ ކޮމަންޑޫގައި ވެސް އަދި ދާއިރާގައި ވެސް އެމްޑީޕީން ކުރިއަށް ގެންދިޔަ ހުރިހާ ޙަރަކާތްތަކެއްގައި ވެސް މުހިންމު ހިއްސާދާރެކެވެ. އަދި ކޮމަންޑޫގެ ރައީސްކަމުގެ މަޤާމުގައި ދިގު މުއްދަތެއް ހޭދަކޮށް އަދި މިހާރު ވެސް ޚިދުމަތުގައި ހުރި ސިޔާސީ ތަޖުރިބާކާރެކެވެ. އަދި ސިނާން ފާހަގަކުރެވެނީ ފަސް ނުޖެހި ބަސްބުނަން ކެރޭ ދޫހެލޭ މީހެއްގެ ގޮތުގައެވެ.

ސިނާން އެމްޑީޕީ މަޖިލިސް ޕްރައިމަރީ ކާމިޔާބުކުރެއްވީ %63 ގެ އަޣްލަބިއްޔަތުންނެވެ.

© 2023 milauthuru. All rights reserved.