މިލައުތުރު

ޕްރައިމަރީން ނާކާމިޔާބުވި ގިނަ ޕީއެންސީ ކެންޑިޑޭޓުން އަމިއްގޮތުން ވާދަކުރަނީ…

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވެރިކަންކުރާ ޕީޕީއެމް ޕީއެންސީ ތަމްސީލްކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި މަޖިލިސް ޕްރައިމަރީގައި ނާކާމިޔާބުވި ގިނަ ކެންޑިޑޭޓުންތަކެއް އަމިއްލަގޮތުން ވާދަކުރެއްވުމަށް ފޯމް ހުށަހަޅައިފިއެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ ބާއްވާނެ ތާރީޚު އެތަކެއް ފަހަރެއްގެ މަތިން ލަސްކުރުމަށް ފަހު ބޭއްވި ޕްރައިމަރީގެ އިދާރީ އިންތިޒާމްތަކާ ދޭތެރޭގައި ކެންޑިޑޭޓުންގެ ކަންބޮޑުވުންތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އިންތިޚާބަކީ ދެފުއްފެންނަ މިނިވަން އިންތިޚާބެއްކަމާ މެދު ވަނީ ސުވާލު އުފައްދާފައެވެ.

ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ނާކާމިޔާބުވި ބައެއް ފަރާތްތަކުން ސިފަކުރައްވާ ގޮތުގައި އެމީހުން ކަޓުވާލީ ބައެއްގެ ޙީލަތްތެރި ރޭވުމެއްގެ ސަބަބުންނެވެ. އެހެން ނޫން ނަމަ މަޖިލިސް ޓިކެޓް އެންމެ ޙައްޤުވެރި ފަރާތްތަކަކީ އެމީހުންކަމަށެވެ. އެހެން ކަމުން އެމީހުންގެ ބަހުގެ ތެދުކަން ރައްޔިތުންނަށް ޔަޤީންކޮށްދިނުމަކީ އެމީހުން އަދު ކުރަންޖެހޭ ކަމެކެވެ.

ޕްރައިމަރީގައި ނާކާމިޔާބުވީ ގިނަ ބަޔަކު އަމިއްލަގޮތުން ވާދަކުރައްވާތީ ޕްރައިމަރީ ކާމިޔާބުކުރެއްވި ފަރާތްތަކަށް ބޮޑު ނުތަނަވަސް ކަމަކާ ކުރިިމަތިިލާން ވަނީ ޖެހިފައެވެ. އަދި މިއީ އިދިކޮޅު އެމްޑީޕީއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެސް ވެގެންދާނެއެވެ.

ސިޔާސީ ތަޖުރިބާކާރުން ދެކިލައްވާ ގޮތުގައި ޕީއެންސީއަށް އަޣުލަބިއްޔަތު ލިބޭ ޢަދަދަށް ގޮނޑިތައް ކާމިޔާބުކުރުމަކީ މިފަހަރު އުނދަގޫ ކަމަށް ވާނެއެވެ.