މިލައުތުރު

ގަލޮޅު އުތުރު ދާއިރާއަށް ރައީސް ޑރ. މުޢިއްޒުގެ ތާއީދު އާނައަށް!

ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު އަފްތާބު (އާޕް) އަށް ތާޢީދު ނުކުރައްވާން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި ކަމުގެ މަޢުލޫމާތެއް ލިބިއްޖެއެވެ. އަދަދު ނޫހުގައި ރިޕޯޓްކޮށްފައި ވާގޮތުން ރައީސް މިހާރު ތާޢީދު ކުރައްވަނީ ޕީއެންސީ ޕްރައިމަރީގައި ބަލިވުމުން އަމިއްލަގޮތުން ވާދަކުރައްވާ އާމިނަތު މިޔާދާ (އާނަ) އަށެވެ. ޕީއެންސީ ޕްރައިމަރީއިން އާޕް ހޮވިފައި ވަނީ އެންމެ 60 ވޯޓް ލިބިގެންނެވެ.

އާނަ އަކީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ވަރަށް ހިތްތިރި ހިތްހެޔޮ މީހެކެވެ. އަދި މަޑުމައިތިރި ޚުލްޤު ހެޔޮ އަންހެން ބޭފުޅެކެވެ. އަދި ގަލޮޅު އުތުރަށް އުފަން އެދާއިރާގައި ދިރިއުޅުއްވާ ވަރަށް ޚިދުމަތްތެރި އަދި ހިންގުންތެރި ކަނބަލެކެވެ. އެއް ދުވަސްވަރެއްގައި ރާއްޖޭގެ ހުރިހާ ކުޑަކުދިންގެ ހިތްތަކުގެ އާނަދައްތައެވެ.

އާނައަށް ޕްރައިމަރީ ކާމިޔާބު ނުވީ ޕާޓީގެ އެތެރޭގެ ސިޔާސީ ނުފޫޒުތަކުގެ ސަބަބުން ކަމަށް އޭނާގެ ސަޕޯޓަރުން ތުހުމަތު ކުރެއެވެ. އަދި އެނަތީޖާ އަކީ ޤަބޫލުކުރަން ފަސޭހަ ނަތީޖާއެއް ނޫންކަމަށާއި، އަމިއްލަގޮތުން ވާދަކޮށް އިންތިޚާބު ކާމިޔާބުކުރައްވާނީ އާނަކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ތާޢީދާއި ސަރުކާރުގެ ފުރިހަމަ ތާޢީދު ލިބިއްޖެ ނަމަ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ފަސޭހަކަމާ އެކު އާނައަށް ކާމިޔާބު ކުރެވޭނެކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ. 

© 2023 milauthuru. All rights reserved.