މިލައުތުރު

ފަހު ދެ ދުވަހަށް ވެފައި ވަނިކޮށް ށ. މިލަންދޫގެ ސިޔާސީ ބޮޑު މަންޒަރު މުޅިން ބަދަލުވެއްޖެ!

ށ. އަތޮޅުގައި އެންމެ ވާދަވެރި ކެމްޕެއިނެއް ކުރެވެމުންދާ މިލަންދޫ ދާއިރާގެ ކެމްޕެއިންގައި ދާއިރާގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ މިލަންދޫގެ ސިޔާސީ މަންޒަރު މުޅިން ބަދަލުވެއްޖެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިލަންދޫގެ ޒުވާނުންގެ އެކުވެރިޔާ އެމްޕީ ޢަލީ ރިޒާއަށް އޮތް ތާޢީދު އަނެއްކާ ވެސް އިހުނަށް ވުރެ ބޮޑުކޮށް ދައްކާލާ އެމްޑީޕީ ކުރި ހޯދާ މަންޒަރު މިހާރު ސާފުކޮށް ފެންނަމުންދާކަމަށް މިލަންދޫން މަޢުލޫމާތު ދެއެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މިލަންދޫގެ ސިޔާސީ ތަޖުރިބާކާރެއް ވިދާޅުވިގޮތުގައި ޕީއެންސީ ކެންޑިޑޭޓް ކުރީގެ މެންބަރު ޙަސަން މުފީދުގެ މައްޗަށް މިހާރުގެ މެންބަރު ޢަލީ ރިޒާ ކުރި ހޯއްދަވައިފި ކަމަށެވެ.

މިލަންދޫގެ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ މިލަންދޫގައި އެއާޕޯޓެއް ތަރައްޤީކުރުން ކަމަށާއި، އެކަން މިހާރު ވަނީ ޔަޤީންވެފައި ކަމަށާއި، އެއީ ވެސް މެންބަރު ރިޒާގެ އެޖެންޑާއެއް ކަމަށެވެ. ރައްޔިތުންގެ ހިތުގައި އެއާޕޯޓެއްގެ މުހިންމު ކަމުގެ ވިސްނުން އުފެއްދެވީ ޢައްޔަ ކަމަށާއި، މިސަރުކާރުން އެކަން ކޮށްދެއްވި ކަމުގައި ވިޔަސް، އެމްޕީ ޢަލީ ރިޒާއަށް އެކަމުގެ ކްރެޑިޓް ޙައްޤު ކަމަށެވެ.

ސިޔާސީ ހުރިހާ ތަޖުރިބާކާރުން ވެސް އިއްތިފާޤުވާ ގޮތުގައި މަޖިލިސް ގޮނޑި ކާމިޔާބުވާނީ މިލަންދޫން ކުރި ހޯއްދަވާ ފަރާތަކަށެވެ. މިހާރު ފެންނަ މަންޒަރުތަކުން ކަށަވަރުވާ ގޮތުގައި އިތުރު ދަޢުރަކަށް ޢަލީ ރިޒާ އިންތިޚާބު ވުމުގެ ފުރުޞަތު ވަރަށް ވެސް ބޮޑެވެ. ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގެ ވޯޓުލުން އޮންނާނީ 21 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހުއެވެ.

One Reply to “ފަހު ދެ ދުވަހަށް ވެފައި ވަނިކޮށް ށ. މިލަންދޫގެ ސިޔާސީ ބޮޑު މަންޒަރު މުޅިން ބަދަލުވެއްޖެ!”

  1. ޒަކީ

    ޒަކީ ދަށްގޮހޮރޭ ލިޔެބަލަ

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.