މިލައުތުރު

ޕީއެންސީ ކެންޑިޑޭޓް މުޙައްމަދު އިބްރާހީމްެގެ ބަދަލުގައި ފަހު ވަގުތު ސަރުކާރުން ޙަސަން އަފީފަށް ތާޢީދުކުރަން އުޅޭ ވާހަކަތަކެއް ފެތުރެން ފަށައިފި.

ކޮމަންޑޫ ދާއިރާއަަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ މުޙައްމަދު އިބްރާހީމްގެ ޤާބިލްކަމާ މެދު ދާއިރާގެ ރައްޔިތުން ސުވާލުއުފައްދާތީ، އޭނާއަށް ސަރުކާރުން ކުރާ ތާޢީދު އަނބުރާ ނެގުމަށް ފަހު، އަމިިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް ޙަސަން އަފީފަށް ދޭން އުޅޭކަމަށް ތުހުމަތުކުރެވޭ ވާހަކަތަކެއްގެ އަޑު ފެތުރެން ފަށައިފިއެވެ.

އަމިއްލަގޮތުން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓަކީ ތަޢުލީމީ ޒުވާނަކަށް ވުމާއި، ފޯކައިދޫގެ ވަރަށް ގިނަ ޒުވާނުންގެ ވަރަށް ގާތް މިތުރަކަށް ވާތީ އާއި، އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުޞަތު ބޮޑީ އެގޮތްކަމަށް ފެންނާތީ އާއި، ރައީސް ޑރ. މުޢިއްޒު ވަޢުދުވެފައިވާ ފަދައިން ތަޢުލީމީ ޤާބިލް ފަރާތްތަކަށް ފުރުޞަތު ދިނުމުގެ މަޤުޞަދުގައި ނިންމާ ނިންމުމެއް ކަމުގައި ބެލެވެއެވެ.

ތިމަރަފުށީ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓާއި ގަލޮޅު އުތުރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓަށް ސަރުކާރުން ކުރެއްވި ދާޢީދު ވެސް މިހާރު ވަނީ އަނބުރާ ގެންދަވާފައެވެ. އަދި އެ ދެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ އަޙްމަދު ރިޔާޒް އާއި އާމިނަތު މިޔާދާއަށް ސަރުކާރުން ވަނީ ތާޢީދުކުރައްވާފައެވެ. އަދި ޙަސަން އަފީފުއަށް ސަރުކާރުން ތާޢީދުކޮށްފި ނަމަ ވެގެންދާނީ އެގޮތުން ސަރުކާރުން ތާޢީދުކުރައްވާ ތިން ވަނަ ފަރާތަށެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި ފެތުރެމުންދާ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތްތަކެއް ވެސް އެކުލެވޭ ފަދަ ކަންތައް ތަކެއް ވެސް ފެންނަމުންދާކަމަށެވެ. އެގޮތުން ކުއްލިގޮތަކަށް ޙަސަން އަފީފުގެ ކެމްޕެއިން ވަރުގަދަވުމާއި، ދަތުރުތައް އިތުރުވުމާއި، އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ އުންމީދު އޭނާއަށް ބޮޑުވުން ހިމެނެއެވެ. އޭނާ މިހާރު ވިދާޅުވާގޮތުގައި ފޯކައިދޫގެ އަޣުލަބިއްޔަތާއި، މަރޮށީގެ އަޣުލަބިއްޔަތުގެ އިތުރުން ކޮމަންޑޫގެ ބޮޑު ތާޢީދެއް އޭނާއަށް ވަނީ ޔަޤީންކުރެވިފައެވެ.

މަޝްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ދެކޭގޮތުގައި އަމިއްލަގޮތުން ވާދަކުރައްވާ ފަރާތަކަށް ކުއްލިގޮތަކަށް މިހާ ބޮޑު ތާޢީދެއް ލިބިގެންދިއުމަކީ ފެތުރެމުންދާ ވާހަކަތަކަކީ ޙަޤީޤަތެއް ކަމުގައި ވެދާނެ ސަބަބެއްކަމުގައި ބެލެވެއެވެ. އެހެން ނަމަވެސް ޕީއެންސީގެ އެއްވެސް ރަސްމީ ފަރާތަކުން މިފަދަ ވާހަކައެއް ސީދާގޮތެއްގައި ހާމަކުރައްވާފައެއް ނުވެއެވެ.

7 Replies to “ޕީއެންސީ ކެންޑިޑޭޓް މުޙައްމަދު އިބްރާހީމްެގެ ބަދަލުގައި ފަހު ވަގުތު ސަރުކާރުން ޙަސަން އަފީފަށް ތާޢީދުކުރަން އުޅޭ ވާހަކަތަކެއް ފެތުރެން ފަށައިފި.”

  1. ޖަމީލް

    ހަސަން އަފީފު މާބޮޑަށް ވެސް ރަނގަޅު ވާނެ! ޕޯޑިއަމްތަކަށް ފަރިތަވާނެ، ކަރަންޓް ވައިރުކުރަން އެނގޭނެ! ޤުރުއާން ކިޔަވާނެ، ނަމާދުކުރާނެ!

    1. Vaafiru

      Mooney raeesbe ah thaaeedh kuran ninqmI

  2. ރިޒްވީ

    ވައްކަމެއް ނުކުރާނެ، ހިތްހެޔޮވާނެ، މޮޅުވާނެ، ތެޔޮ މޮހޮންމަދުބެއަށް ވުރެ 100 ގުނަ ރަނގަޅު ވާނެ، ގާބިލުވާނެ!

  3. ހުމަޅޭ ސުމަޅޭ ހައްލޭ ސައްލޭ

    ވަރަށް އުފާވެރި ޚަބަރެއް! ތިޔަހެން ވެއްޖެ ނަމަ ހާދަ ރަނގަޅޭ!

  4. ސަލްމާ

    އަލް ޙަމްދު ލި ﷲ

  5. އާސިމް

    ސަރުކާރުން ތާއީދުކުރާ ނަމަ ރައީސް ބުނާނެ! ތިޔައީ ޔޯލަ ޔޯލަ ވާހަކަ!

  6. Imrana

    Hakuru bo raeesbe bey hovaner

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.