މިލައުތުރު

ދިވެހިރާއްޖޭގެ އިޤްތިޞާދަށް އައިސްފައި މިވާ ތަދުމަޑުކަމަށް ރައީސް ނަޝީދަކީ މުހިންމު ބޭސްގުޅައެއް – ފައްޔާޒް

ދިވެހިރާއްޖޭގެ ކަންކަން އިތުރަށް ގޯސްވިޔަ ނުދީ ރަނގަޅު ކުރުމަށް އަދިވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަކީ ވަރަށް މުހިންމު ބޭފުޅެއްކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެހެން ވިދާޅުވީ އެސްއެސްޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ގިނަ ބަޔަކަށް އަދިވެސް އެމްޑީޕީ ސިފަވަނީ ރައީސް ނަޝީދުގެ ގޮތުގައި ކަމަށާއި، އެމަނިކުފާނަކީ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި، މިހާރު މިއޮތް ޙާލަތުން އަރައިގަތުމަށް މުހިންމު ފަރާތެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ނަޝީދަކީ ވަރުގަދަ ލީޑަރެއް ކަަމަށާއި، ކުރިން ވެސް އޮތް އަނިޔާވެރިކަން ނިންމުމަށް ވަރުގަދަ ލީޑަރެއްގެ ގޮތުގައި ޤުރުބާނީތަކެއް ވެވަޑައިގެންފައި ވާކަމަށާއި، މިއީ އަނެއްކާ ވެސް މަސައްކަތްތަކެއް ކުރަންޖެހިފައި އޮތް ވަގުތެއް ކަމަށެވެ.

“އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ކަންކަން އަދިވެސް ގޯހަށް ދިޔަނުދީ ރަނގަޅު ކުރުމަށްޓަކާ ރައީސް ނަޝީދަކީ ވަރަށް ވަރަށް މުހިންމު ބޭފުޅެއް، [ރައީސް ނަޝީދަކީ] ވަރަށް ގިނަ ބައެއްގެ ލޯތްބާއި މަޤްބޫލުކަން ލިބިފައި ހުރި ބޭފުޅެއް.” ޓީވީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.

ވަރައްޓެރި ސްރީލަންކާއަށް ދިމާވި އިޤްތިޞާދީ ތަދުމަޑުކަމާއި ބަނގުރޫޓުވެފައި އޮތް އެޤައުމުގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށްޓަކައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހެ ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ބޭނުން ވަރަށް ބޮޑަށް ހިތްޕަވާފައެވެ.

© 2023 milauthuru. All rights reserved.