މިލައުތުރު

އެމްޑީޕީ ފައްކާކުރުމުގެ މަގުޗާޓަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ލީޑަރޝިޕުން އަތޮޅުތަކަށް!

އިދިކޮޅު އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް އިތުރަށް ފައްކާކުރުމަށްޓަކައި އެކުލަވާލާ މަގުޗާޓަށް ބޭނުންވާ މަޢުލޫމާތާއި، ޚިޔާލާ މަޝްވަރާ ހޯދުމަށް ލީޑަރޝިޕުން ރަށްތަކަށް ދަތުރުކުރައްވަން ފަށައިފިއެވެ.

ޗެއާޕާރސަން އަލްޢުސްތާޛް ފައްޔާޒް އިސްމާޢީލްގެ އިސްނެންގެވުމަށް އެމްޑީޕީ ހިންގާލުމަށް އަނެއްކާ ވެސް މިވަނީ އިތުރު މަސައްކަތްތަކެއް ފައްޓަވާފައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ ނަންގަފައި، ފާޓީ މިހާރު އޮތް ޙާލަތުން ނަގާކޮޅަށް ޖެހުމަށްޓަކައި މަސައްކަތްތަކެއް ކުރުމަށް ގެންދަވަނީ ރާވަމުންނެވެ.

ޕާޓީގައި އޮތް ބައިބައިވުން ނައްތާލާ އެއްބައެއްގެ ގޮތުގައި މަސައްކަތްކުރެވޭނެ ގޮތްތައް ހޯދުމަކީ ވަރަށް މުހިންމު ކަމެއްގެ ލީޑަރޝިޕުން ދެކެއެވެ. އެހެންކަމުން ޕާޓީގެ ފަރާތުން ކުރީގެ ނަޝީދު އާއި އެކު މަޝްވަރާތަކެއް ކުރެވެމުން އެބަދެއެވެ. އެގޮތުން އެމަނިކުފާނަށް އެކުގައި މަސައްކަތް ކުރުމަށް ވަނީ ދަޢުވަތު ދެއްވާފައެވެ. އަދި ރައީސް ނަޝީދުގެ ފަރާތުން ވެސް ހުށަހެޅުންތަކެއް ވަނީ ހުށަހަޅުއްވާފައެވެ. އެކަމާ ގުޅިގެން ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދުގެ ހުރިހާ ހުށަހެޅުންތަކަށް ކޭޓަރ ކުރެވެން ނެތްކަމަށާއި، އެކުގައި ގުޅިގެން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

މިފަހަކަށް އައިސް ފައްޔާޒް ގެންދަވަނީ ރައީސް ނަޝީދަށް ތަޢުރީފުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ދާތި ފަހަކުން އެސްއެސްޓީވީގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައި ވަނީ ޤައުމަށް ދިމާވެފައި މިވާ އިޤްތިޞާދީ ޙާލަތުގައި ރައީސް ނަޝީދަކީ ވަރަށް މުހިންމު ބޭފުޅެއް ކަމަށެވެ.

© 2023 milauthuru. All rights reserved.