މިލައުތުރު

ތަރައްޤީއަށް ބޭނުންވާ ޤާނޫނުތައް ހެދުނީމާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ – އެމްޕީ މުޙައްމަދު އިބްރާހީމް

ވޭތުވެދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޮމަންޑޫ ދާއިރާ ވެގެންދިޔައީ ވަރަށް ޚާއްޞަ އަދި ތަރައްޤީގެ ނުހަނު ކާމިޔާބު މަޝްރޫޢުތަކެއް ހިންގެވި ސަރުކާރަކަށެވެ. އެހެން ނަމަވެސް މިހާރު އޮތީ ވަރަށް ނެގިމަޑުވެފައި އެެއްވެސް ޢުމްރާނީ ތަރައްޤީއެއް ހިނގާތަން ނުފެންނަ މާޔޫސީ އޮއިވަރެކެވެ. މިކަންކަމާ ގުޅޭގޮތުން ދާއިރާގެ މަޖިލިސް މެންބަރާ ސުވާލުކުރާ ފަރާތްތަކަށް އެމަނިކުފާނުގެ އޮތީ ވަރަށް ކުރު ސާދާ ޖަވާބެކެވެ. އެއީ “އެކަންކަމަށް ބޭނުންވާ ޤާނޫނުތައް ނިމުމުން ހުރިހާކަމެއް ވެސް ރަނގަޅު ވާނެ” މިހެންނެވެ.

ދާއިރާގެ ތަަރައްޤީއަށް ބޭނުންވާ ޤާނޫނުތައް ހެދުމުގެ މަސައްކަތްތަކުގައި އެމަނިކުފާނު ވަރަށް އަވަދިނެތިކޮށް އުޅުއްވާކަމަށާއި، ދާއިރާގެ ރަށް ރަށުގައި ކުރަންވެފައި ހުރި މުހިންމު މަސައްކަތްތައް ވަރަށް ގާތުން ބައްލަވާކަމަށް ވެއެވެ. އަދި ވަގުތުޖެހުމުން އެކަންކަމާ ގުޅޭގޮތުން މަޖިލިސްގައި ވާހަކަފުޅު ދައްކަވާނެކަމަށް ވެއެވެ.

އެމްޕީ މުޙައްމަދު އިބްރާހީމް ފާހަގަކުރެވެނީ މި ސަރުކާރުގެ ވަރަށް ނުފޫޒު ގަދަ ރައްޔިތުންގެ މަޖިލިސް މެންބަރެއްގެ ގޮތުގައެވެ. ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށުގެ ރައްޔިތުންގެ އުންމީދުތައް ރަނުން ރަނަށް ޙާޞިލްކޮށްދެވޭނެ ކަމަށް ގިނަ ބަޔކު ދެކެއެވެ. އަދި މިއީ އުންމީދުން ފުރިގެންވާ ދައުރެއް ކަމުގައި ވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އެބައޮތެވެ.

© 2023 milauthuru. All rights reserved.