މިލައުތުރު

ފުދިއްޖެ، ފުނޑިއްޖެ: ރީކޯ މޫސަ އަނެއްކާ ވެސް އެމްޑީޕީއާއެކު މަގުމަތީ ޙަރަކާތަށް ނިކުންނަނީ…

މި ސަރުކާރަށް އަހަރެއް ވެގެންދާއިރު ވެސް ޤައުމީ ތަރައްޤީއަށް އެއްވެސް ކަމެއް ނުކުރެވި ރައްޔިތުން ޙާލުގައި ޖެހެމުންދާތީ، ރީކޯ މޫސަ އަނެއްކާ ވެސް އެމްޑީޕީއާއެކު ސީދާ ޙަރަކާތައް މަގުމައްޗަށް ނިކުމެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީއާ ދުރުގައި ފޫކަހާލައިގެން އުޅުމަށް ފަހު، އެމްޑީޕީގެ ޙަރަކާތުން މޫސަ ފެނިގެންދިއުމަކީ އިދިކޮޅު ޙަރަކާތައް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކާ އުފަލެކެވެ. އެހެނީ ރީކޯ މޫސަ އަކީ އިދިކޮޅު ޙަރަކާތް ހިންގުމުގެ ތަޖުރިބާ އަދި ވަކިން ޚާއްސަކޮށް މަގުމަތީ ޙަރަކާތަށް ވަރަށް ފަރިތަ ބޭފުޅެކެވެ. އެކި ފަހަރުމަތިން ލައްކަ އަނިޔާތައް ތަޙައްމަލުކޮށްފައި ހުރި ބޭފުޅަކަށް ވާތީ، ހަމަ ޔަޤީނުންވެސް ޖަޒުބާތުތައް އަދިވެސް ހުންނާނެއެވެ.

އެމްޑީޕީން “ފުދިއްޖެ، ފުނޑިއްޖެ” ނަމުގައި މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ސިޔާސީ ޙަރަކާތް އިޝްތިހާރުކުރުމަށާއި، ވީހާވެސް ގިނަ ބަޔަކަށް އެންގުމަށްޓަކައި ޕިކަޕުގައި އަޑުގަދަކުރާ ހިފައިގެން އުޅުއްވި މަންޒަރުތައް ވަނީ މިލައުތުރުގެ ނޫސްވެރިންނަށް ފެނިފައެވެ. އަދި މިރޭގެ ހަރުގެ ޖަލްސާގައި ވެސް މޫސަ ބައިވެރިވެފައި ވެއެވެ.

© 2023 milauthuru. All rights reserved.