މިލައުތުރު

ޕީޕީއެމް އުވާލިޔަސް އަދި ދެރަވާކަށް ވެސް އުފާވާކަށް ވެސް ނޭނގޭ، މާދަމާ ވެސް ކުރިން ބުނި އެތި ކެންސަލު ކޮށްފާނެ – އާންމު މެންބަރުން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމުން ދެރަވާކަށް ވެސް، އުފާވާކަށް ވެސް އަދި ނޭނގޭ ކަމަށާއި މާދަމާވެސް ކުރިން ބުނި އެތި ކެންސަލް ވެދާނެކަމަށް އެ ޕާޓީގެ އާންމު މެންބަރުން ބުނަން ފަށައިފިއެވެ.

ޕީޕީއެމް އުވާލަން ނިންމާފައިވަނީ އިއްޔެ ބޭއްވި ސެެނެޓް ބައްދަލުވުމުގައި ބައިވެރިވި 42 މެންބަރުންގެ އިއްތިފާޤުންނެވެ. އެ ސެނެޓް ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ޑިފެންސް މިނިސްްޓަރ ޣައްސާން މައުމޫންއެވެ.

ބައެއް އާންމު މެންބަރުން މިލައުތުރާ ވާހަކަދައްކަމުން ބުނީ މިހާރު ދެން އުޅެންވީ ނޫންޅޭންވީ ގޮތެއް ވެސް އޮޅުން ނުފިލާކަމަށާއި، ޕާޓީ ނިޒާމު ވެސް ޑިމޮކްރެސީގެ ނިޒާމު ވެސް މުޅިން ގަޑުބަޑުވެއްޖެ ކަމަށެވެ. އަދި މިއީ އެމީހުން އެއްގޮތަަކަށް ވެސް އުންމީދުކުރި ގޮތެއް ވެސް ނޫންކަމަށާއި، މިފަދަ ދުވަހެއް އަތުވެދާނެކަމަށް ހީވެސް ނުކުރާކަމަށެވެ.

ޕީޕީއެމަކީ ދިވެހިރައްޔިތުންގެ ޕާޓީ ޑީއާރުޕީ ބައިބައިވުމާއެކު ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމާއި އެމަނިކުފާނުގެ ސަޕޯޓަރުން އުފެއްދެވި ޕާޓީއެކެވެ. ޕީޕީއެމް ރަޖިސްޓަރީ ވެފައިވަނީ 27 އޮކްޓޯބަރު 2011 ގައެވެ.

© 2023 milauthuru. All rights reserved.