މިލައުތުރު

ކޮމަންޑޫ އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރުގެ އިސްތިއުފާއަށް ގޮވާލައިފި.

މިއަހަރުގެ ފަހު ދައުރުގައި 27 ޖަލްސާ ބޭއްވުމަށް ފަހު މަޖިލިސް ޗުއްޓީ އަަށް ދިޔަ އިރު، 20 ވަަނަ މަޖިލީހުގައި މިހާތަނަށް ޖުމުލަ 60 ޖަލްސާ އޮތް އިރު، ކޮމަންޑޫ ދާއިރާގެ މައިކު އެންމެ ފަހަރަކުވެސް އޮންކޮށްލާފައި ނުވާތީ ދާއިރާ ތަމްސީލު ނުކުރެވޭ ކަމަށާއި، ދާއިރާގެ ރައްޔިތުންގެ ބަސް އިއްވުމުގެ ހިއްވަރާ ޤާބިލުކަން ނެތިއްޔާ އިސްތިއުފާ ދިނުމަށް ގޮވާލައިފިއެވެ.

ކޮމަންޑޫ ދާއިރާގެ މިހާރުގެ މެންބަރަކީ ކޮމަންޑޫ ބޭފުޅެއް ކަމަށްވާ މަޝްހޫރު ތެޔޮ މުޙައްމަދު (މުޙައްމަދު އިބްރާހީމް) އެވެ. އިންތިޚާބުވެ މަޤާމާ ޙަވާލުވި ފަހުން މިހާތަނަށް ދުވަހަކުވެސް މަޖިލީހުގައި ބަހެއް ބުނެފައެއް ނުވެއެވެ. ތަނެއްގައި އަކުރެއް ލިޔުއްވާފައެއް ނުވެއެވެ. ޓީވީ އަކަށް ނުވަތަ ނޫހަކަށް އެއްޗެއް ވިދާޅުވެފައެއް ނެތެވެ. އަދި ރައްޔިތަކަށް ކަމެއް ކޮށްދެއްވާފައި ނެތްތާ ރަށެއްގެ ތަރައްޤީއަށް އެޅިގަލެއްހާ ހަމަވެސް ލިބިފައެއް ނެތެވެ. އެހެންކަމުން ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި ބަހެއް ބުނަން ނުކެރެންޏާ އިސްތިއުފާދީފައި ގެއަށް ދިއުން މާ ރަނގަޅުވާނެ ކަމަށް ކޮމަންޑޫ އެމްޑީޕީ ފޭސްބުކް ޕޭޖުގައި ބުނެފައި ވެއެވެ.

9 Replies to “ކޮމަންޑޫ އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރުގެ އިސްތިއުފާއަށް ގޮވާލައިފި.”

  1. Kaalhu

    އަތުގައި ރުފިޔާކޮޅެއް ހުރީތީ ހީވަނީ ނިކަން މީހެކޭ. ތިޔަ ކަހަލަ ހައްކާޅުންނާ ހެދި މުޅި ގައުމު ހަލާކުވެއްޖެ.

  2. ހަލީމް

    ފައިސާއަަށް ވޯޓު ގަނެގެން މަޖިލީހަށް ވަނަކަސް އަލިފުބާ ވެސް ދަންނަ މީހެއް ނޫން. އެއްޗެއް ބަލައިގެން ކިޔަން ވެސް ނޭނގޭ މޮޔައެއް ތީ

  3. ކުއްތަރުބެ

    މުސާރަ ކައިގެން ގުއިރޭން ހުންނަ ޕީއެންސީ ބޮޓެއް ބޮޑު ބޮޮލުރޮއްޖެއް ލައިގެން ކޮމަންޑޫ ދާއިރާގެ ނަން ހަޑިކޮށްފިޔޭ….

  4. އަލްހާން ބަކުރު

    ސީދާ ފައްކާ ދަނޑިމޯލެއް

  5. އަޒީ

    ތަނެއް އޮތިއްޔާ ވާނެ ބޯގަޅާލަން ސޮޑުމޯ

  6. ސިނާނީ

    ކޮމަންޑޫ ރައްޔިތުން ބޭނުންވާނީ ފައިސާ އާ ތެޔޮބިޑި

  7. Bot

    ދާއިރާގެ އަގު ވައްޓާލައިފި ދެން އިސްތިއުފާ ދީ ނުވާނެ ކަލެއަކަށް

  8. ތިން ކޮސް

    ތިޔައީ އަލީ ނާދިރު ދާއިރާއަށް ދިން ލަގާއެއް

  9. ވަކަރޭ

    ބޮޑު ޖޯކަރެެއް މަރުމޯލެއް ކޮހެއް ހުސް ބޮލެއް

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.