މިލައުތުރު

ސަން ސިޔާމްގެ ސަޕޯޓަރުން އަނެއްކާ ވެސް ރައީސްކަމަށް ކެމްޕެއިން ފަށައިފި.

ފަތުރުވެރިކަމުގެ ދާއިރާގައި މަޝްހޫރު ސަން ސިޔާމްގެ ސަޕޯޓަރުން އޭނާ ރައީސްކަމަށް ގެނައުމަށް އަނެއްކާ ވެސް ކެމްޕެއިން ފަށައިފިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާފައި، އެންމެ ފަހު ވަގުތުގައި ކުރިން ބުނިއެތި ކެންސަލު ކުރުމަށް ފަހު، އެމްޑީޕީގެ ކެންޑިޑޭޓަށް ތައީދުކުރެއްވުމަށް ނިންމެވިއެވެ. އަދި ދެވަނަ ބުރުގައި މިހާރުގެ ރައީސަށް ތާއީދުކުރެއްވިއެވެ.

ރިޔާސީ އިންތިޚާބެއް ދެން އޮންނާނީ 2028 ވަނަ އަހަރު ކަމަށް ވާތީ، މިހާ އަވަހަށް ކެމްޕެއިން ފެށުމަކީ މިފަހަރު ނަތީޖާ ތަފާތު ވެދާނެކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ. އަނެއްކޮޅުން ކެމްޕެއިންގައި އެކުގައި ޒާރާ ވެސް ހުންނާނެތީ، ރަނގަޅު ކާމިޔާބީއެއް ތުރަވެދާނެ ކަމަށް ބެލެވެއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ ސަން ސިޔާމުމެން ފަދަ ބޭފުޅުންނަށް މަދީ އެންމެ އެއްޗެއް ކަމަށާއި، އެއީ ރައްޔިތުންގެ އިތުބާރު ކަމަށެވެ. އެހެން ވީމާ އިތުރު ވަގުތު ހޯއްދަވައިގެން ވެސް ރައްޔިތުންގެ އިތުބާރު ހޯއްދެވުން ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ.

© 2023 milauthuru. All rights reserved.