މިލައުތުރު

ދަ ޑިމޮކްރެޓްސް ވެސް ފުލުވައް ވެއްޓި ރޫޅެނީ…

އެމްޑީޕީ ރޫޅާލުމަށް ފަހު އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓްސް ވެސް ފުލުވައް ވެއްޓި ރޫޅެން ފަށައިފިއެވެ. 2023 ވަނަ އަހަރުުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ރިޔާސަތު ގެއްލިގެންދިއުމުގެ މައިގަނޑު ސަބަބަކީ ޕާޓީ ބައިބައިވުންކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.

ދަ ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ ގިނަ ބަޔަކު އެޕާޓީ ދޫކޮށް އަލުން އެމްޑީޕީއަށް ރުޖޫޢަވުމީ އެ ޕާޓީ ވެސް ރޫޅެން ފެށިކަމުގެ ހެއްކެކެވެ. އެގޮތުން އެމްޑީޕީއަށް ރުޖޫޢަވީ މީހުންގެ ތެރޭގައި ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ލީޑަރޝިޕްގެ ބައެއް އެހެން ބޭފުޅުން ވެސް ހިމެނެއެވެ. ޕާޓީގެ ރައީސް އަލްޢުސްތާޛް ޙަސަން ލަތީފް އާއި، ނައިބު ރައީސް މުޙައްމަދު ޝިފާޒު އާއި، ޕާޓީގެ ފުރަތަމަ ރަނިންމޭޓް ޙުސައިން އަމްރުގެ އިތުރުން ރައްޔިތުންގެ މަޖިލިސްގެ ކުރީގެ މެމްބަރު ޢަލީ އާޒިމް ވެސް ވަނީ ރުޖޫޢަކޮށްފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި ދަ ޑިމޮކްރެޓްސް އަށް އެނގެނީ ހަމައެކަނި ރޫޅަންކަމަށާއި، އެންމެ ފަހުން ރޫޅާނެ ނުރޫޅާނެ އެއްޗެއް ނޭނގި އަމިއްލަ ޕާޓީ ވެސް ރޫޅާލަނީ ކަމަށެވެ. އަދި މިޙާލަތުގައި ހިތްތަކުގެ ރައީސް ހަނުހުންނެވުމީ ޝައުޤުވެރި އެތައް ޒުވާނުންނެއް ސިޔާސީ ގޮތުން މަގުމަތިވީ ކަމުގައެވެ.

މި ލިޔުމާއި މެދު ދެކެނީ ކިހިނެއް؟

© 2023 milauthuru. All rights reserved.