މިލައުތުރު

މަޖިލީހުން ވަކިކުރުމުގެ ކުރިން އޭސީސީގެ ނައިބު ރައީސް ސަލާމް އިސްތިއުފާދީފި.

ސުލޫކީ މައްސަލަތަކުގެ ތުހުމަތުގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަކިކުރާނެކަން ޔަޤީންވުމާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް އަބްދުލް ސަލާމް އާއި މެންބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވައިފިއެވެ.

މަޖިލީހުގައި މައްސަަލަ ދިރާސާކުރުމަށް ފަހު، ތަޅުމުގައި ޥޯޓަށް އެހުމުގެ ކުރިން މެންބަރުން ވަނީ އިސްތިއުފާ ދީފައެވެ. އެގޮތުން ދެބޭފުޅުން ވެސް އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ވަނީ ފޮނުވާފައެވެ. ތޯހާގެ ސިޓީގައި ބުނެފައި ވަނީ ހަވާލުކޮށްފައިވާ ޤާނޫނީ ޒިންމާތައް މިނިވަންކަމާއި ނަޒާހަތްތެރިކަމާއެކު އަދާކުރަމުން ދަނިކޮށް، އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް މަތިކޮށް މަޤާމުން ދުުރުކުރުމުގެ މަަސައްކަތްކުރާތީ އިސްތިއުފާދެއްވީ ކަމަށެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ދެމީހުން ވެސް ވަކިކުރަން ނިންމާފައި ވަނީ އޭސީސީގެ ޤާނޫނުގެ 17 ވަނަ މާއްދާއާ ޚިލާފުވެފައިވާތީއެވެ. އެ މާއްދާގައި ބުނާގޮތުން، ކޮމިޝަނުގެ ވާޖިބުތައް އަދާކުރުމުގައި ބިރަކަށް ނުވަތަ ނުފޫޒަކަށް ލެނބިގެން ނުވާނެ ކަމަށާއި، އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި އަމިއްލަ މަސްލަހަތު އިސްކޮށްގެން ނުވާނެ ކަމަށެވެ.

އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމް އަކީ މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ރިޒާގެ ސީދާ ނުފޫޒު ބޭނުންކޮށްގެން އޭސީސީއަށް އައްޔަނުކޮށްފައިވާ މީހެއްކަމަށް ކުރިންވެސް މީހުން ތުހުމަތު ކުރިއެވެ. އަދި މައްސަލަތައް ނިންމުމުގައި ނާޖާއިޒު މަންފާތައް ނަގާކަމަށާއި، އަމިއްލަ މަސްލަޙަތު އިސްކުރުމުގައި ހައްދުފަހަނަ އަޅާފައި ހުރި މީހެއްކަމަށެވެ. އެހެންކަމުން މަޖިލީހުގެ ނިންމުން ވެގެންދާނީ ވަރަށް ގިނަ ބަޔަކަށް ތަސައްލީއެއް ލިބޭނެކަމަކަށެވެ.

2 Replies to “މަޖިލީހުން ވަކިކުރުމުގެ ކުރިން އޭސީސީގެ ނައިބު ރައީސް ސަލާމް އިސްތިއުފާދީފި.”

  1. ޢަލީ

    ލިޔުންތެރިޔާ ހިތުގައި އުފެދިފައި އޮތް ޖަޒުބާތެއް ފަޅާލީ ދޯ. ކޮންމެ ގޮތެއްވިޔަސް މެމްބަރަކަށް ބަދަލުވީ އޭ.ސީ.ސީ ގައި އުޅެމުން. އެެހެންވީމަ އެންމެ ތަޖުރިބާހުރި އެއް މުވައްޒަފު ވަކިވެގެން އެދިޔައީ.

  2. ZARARAA

    ތިޔައީ ވަކިކުރަން ލަސްވެއްޖެ މީހެއް. ސަރުކާރަށް ޖެއްސުންކޮށް ކަޓު ނަގާ މީހެއް. އެމްޑީޕީ ބޮޓެއް.

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.