މިލައުތުރު

ކ. ގުޅީ ސްކޫލުގެ ދަރިވަރަކަށް ބެލެނިވެރިޔާ އިއުތިރާޒުކުރުމުން ވެސް ފަނީބޭސް ދިން މައްސަލައެއް އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅައިފި.

ކ. ގުޅީ ސްކޫލުގެ ގްރޭޑް 2 ގެ ދަރިވަރަކަށް ބެލެނިވެރިޔާގެ ހުއްދަ ނެތި ސްކޫލުން ފަނީބޭސް ދިން މައްސަލައެއް ބެލެނިވެރިޔާގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

އެކުއްޖާގެ މަންމަގެ ފަރާތުން ތަޢުލީމާބެހޭ ވުޒާރާއަށް ފޮނުވި ސިޓީގައި ވާގޮތުން އެކަން ބެލެނިވެރިޔާއަށް ވެސް އެނގުނީ ކުއްޖާ ބޮލުގައި ރިއްސާ ވާހަކައާއި، ހޮޑުލަވާ ވާހަކައާއި، ސްކޫލުން ބޭސްގުޅައެއް ވެސް ކާންދިންކަމަށް ބުނުމުން ކަމަށެވެ. އެހެން ނަމަވެސް 21 ނޮވެމްބަރު 2024 ވަނަ ދުވަހު ލިބުނު ސްލިޕްކޮޅުގައި ވެސް ފަނީބޭސް ދިނުމަށް އިއުތިރާޒުކުރާ ކަމަށް ބުނެފައި ވާނެ ކަމަށެވެ.

ފަނީބޭސް ދޭންޖެހޭ ކުދިންގެ ލިސްޓްގައި ވެސް އެކުއްޖާއަށް ބޭސްދިނުމަށް އިއުތިރާޒުކުރާ ކަމަށް ފާހަގަކޮށްފައި ވެއެވެ. އެހެން ނަމަވެސް އެކުއްޖާއަށް ވެސް ބޭސްދީފައި ވާތީ، އެމައްސަލައިގާ ސްކޫލުގެ ޕްރިންސިޕަލް އާއި ސުވާލުކުރުމުން ދިނީ ވަރަށް ވެސް ޒިންމާދާރުކަމެއް ނެތް ޖަވާބެއް ކަމަށް ސިޓީގައި ވެއެވެ.

މިހާރު އަމަލުކުރަމުންދާ އުޞޫލާ ޚިލާފަށް އެކުއްޖާއަށް ބެލެނިވެރިޔާގެ ހުއްދައެއް ނެތި ފަނީބޭސް ދިނުމާއި، ކުއްޖާއަށް ދިމާވި ޞިއްޙީ މައްސަލަތަކުގެ ސަބަބުން ބެލެނިވެރިޔާގެ ކަންބޮޑުވުންތައް ކަމާބެހޭ ވުޒާރާއަށް ހުށަހަޅުއްވައި، މައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެންފައި ވެއެވެ.

One Reply to “ކ. ގުޅީ ސްކޫލުގެ ދަރިވަރަކަށް ބެލެނިވެރިޔާ އިއުތިރާޒުކުރުމުން ވެސް ފަނީބޭސް ދިން މައްސަލައެއް އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅައިފި.”

  1. އުސާމާ ބިންލާދިން

    ޕުރިންސިޕަލް ބޭރުކުރޭ ވަގުތުން ފިޔަވަޅުއަޅާން ޖެހޭ

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި

© 2023 milauthuru. All rights reserved.