ދިވެހި ފުލުހުންގެ އިއްޔެ ވިލިމާލޭގައި ހިންގި އެންޓި-ނާކޮޓިކްސް އޮޕަރޭޝަނެއްގައި، ދިވެހި ފިލްމީ ތަރިންގެ ގޮތުގައި ބަލާ ބަޔަކު ހައްޔަރުކުރި ތަނުގައި މަސްތުވާތަކެތި ޓްރެފިކިންގެ މިންގަނޑަށް ފެތޭ މިންވަރަށް މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ބުނެފިއެވެ.
ހައްޔަރުގައި ތިބި އަހުމަދު އަޒްމީލް، އިސްމާއިލް ޖުމައިހު އަދި މުހައްމަދު ވިޝާލްގެ ބަންދު އަމުރުގައި ވާގޮތުން ފުލުހުން އެ ތިން މީހުން ތިބި ކޮޓަރިއަށް ބާރުގެ ބޭނުންކޮށްގެން ވަތްއިރު މޭޒެއްގެ މަތީ މަސްތުވާތަކެތި ހާމައަށް ހުރި ކަަމަށެވެ.
މި މައްސަލައިގައި ޝާހިލް މުހައްމަދު ނަމަކަށް ކިޔާ އިތުރު ދިވެހި ފިރިހެނަކުވެސް އެ ކޮޓަރިން ހައްޔަރުކުރިއެވެ. މި މައްސަލައިގައި ހަތަރު މީހުންވެސް 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު