މި ސަރުކާރުން ރަސްމާލޭގައި ހިންގަން އުޅޭ ރެސިޑެންސީ މަޝްރޫއު ހިންގަން ރަނގަޅު ނަމަވެސް ރައްޔިތުން ކުރެ އަހަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންނަށް ސާފުނުވާ ކަންތައްކެއް އެބަހުރި ކަމަށާއި، ރައްޔިތުންގެ ތާއީދާއި އަޣުލަބިއްޔަތު ހޯދަން ޖެހޭ ކަމަށާއި، ފެންނަ ނުފެންނަ ވޯޓަަކަށް ދިއުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެގޮތުން ރައްޔިތުންނަށް އެކަން ހުށަހަޅައި ރައްޔިތުން ދެކޭ ގޮތް ބަލަން ޖެހޭ ކަމަށެވެ.
ރަސްމާލެ މަޝްރޫޢަށް ތާއީދު ކުރައްވާ ކުރީގެ ރައީސް ނަޝީދު ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވާހަަކަފުޅު ދައްކަވާފައެވެ. އިއްޔެ ކުއްލި ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފައި، ތަފާތު ގޮތަކަށް ވާހަކަފުޅު ދެއްކެވުމުން ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު