ކުޑަ ދެކުދިންގެ މަންމައަކަށް ގުޅުމެއްނެތް ކަމެއްގައި ބޮޑު އަނިޔާއެއް

މިލައުތުރު | 8 އޮގަސްޓު 2026 | ރިޕޯޓު
2

ކުމުންދޫއިން ކުޅުދުއްފުއްޓަށް ފޮނުވި ފޮށިގަނޑަކާއި ހަވާލުވުމުގެ ސަބަބުން ހައްޔަރަށް ދާންޖެހުނު ކުޑަ ދެކުދިންގެ މަންމައަކަށް ދެވެނީ ނުހައްގުން ބޮޑު އަނިޔާއެއް ކަމަށް ގޮވާލާ ސޯޝަލް މީޑިޔާގައި މީހުން އަޑުއުފުލަން ފަށައިފި އެވެ.

އައިޝަތު އަލީ (30 އަހަރު) އެ ފޮށިގަނޑާ ހަވާލުވީ އޭގައި ހުރީ ކޮންއެއްޗެއް ކަމެއް ނޭނގޭތީ ކަމަށާއި، ފޮށިގަނޑު ފޮނުވި މީހާ ހައްޔަރުނުކޮށް ކުށެއްނެތް މަޔަކު ހައްޔަރުކޮށްފައި ބެހެއްޓުމަކީ ބޮޑު އަނިޔާއެއް ކަމުގައި ބުނާ މީހުން ފާހަގަކުރާ ގިނަ ކަންތައްތަކެއް ވެއެވެ. އެމީހުން ބުނާގޮތުގައި އެއީ އައިޝަތު އަލީއާ އެއްވެސް ގުމެއްނެތް އެއްޗެއްކަން ޚުދު ޕުލުހުންނަށް ވެސް ހަމަ ރަނގަޅަށް އެނގޭނެއެވެ. އައިޝަތު އަލީ އަކީ ދުވަހަކުވެސް ކުށުގެ ރެކޯޑެއް އޮތް މީހެއްނޫންނެވެ. ފުލުހުން ހެދި ޔޫރިން ޓެސްޓުވެސް ވަނީ ނައްސިވެފައެވެ. ފުލުހުން ފެނިގެން ފިލާކަށްނޫޅެވެ. ފޮށިގަނޑު އެއްލާލާފައި ދުވެ، ހާސްވެގެން ތެޅިފޮޅިފައެއް ނުވެއެވެ. ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވަނީ ދީފައެވެ. އެކަމަކު ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގައިގެން އަސްލު ކުށްވެރިއާ ހޯދާކަށް ފުލުހުން ބޭނުމެއްނުވިއެވެ.

Advertisement

މިކަމަށް އަޑުއުފުލާ މީހުން ބުނާގޮތުގައި ރާއްޖޭގެ ފުލުހުން މިއަށްވުރެން ޕްރޮފެޝަނަލްކޮން މިކަން ކުރަން ދަސްކުރަން ޖެހޭކަމަށެވެ. ނޫނީ މައުސޫމް އެތައް ބަޔެއްގެ ދިރިއުޅުން ވެއްޔާ މޮޑެވިދާނެއެވެ. އަނެއްކޮޅުން އިންޓެލިޖެންސް ރިޕޯޓް ވެސް ބޭނުން ކުރަނީ ހަމައެކަނި ސިޔާސި މީހުން ހައްޔަރުކުރަންތޯ ވެސް ސުވާލުއުފެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަބްދޯ
ފުލުހުން އުޅޭނީ މީހަކު މަޅިއަރުވާލައިގެން މެޑަލް ޖެހޭތޯ. ތިޔަކަން ކޮށްގެން ކޮންމެވެސް މީހެއްގެ ކޮނޑުމައްޗަށް ފަށެއް ޖަހާލާނެ.
ޓ ޓޯމް
މީހުން ދޭ ގޮތް ނޭގޭ އެއްޗެއްސާ ހަވާލު ނުވާށޭ ރޭޑިއޯ އާއި ޓީވީ އާއި ސޯސަލް މީޑިއާ އެކި މަންސަ ތަކުގައި ކެނޑި ނޭޅި މި ގޮވަނީ މިހެންވެ