ސަރުކާރަށް ތިން އަހަރު، ބޭކާރު މުވައްޒަފުން ތިބިތޯ ބަލަނީ – މާލީ ވަޒީރު

މިލައުތުރު | 9 ނޮވެމްބަރ 2026 | ޚަބަރު

ސަރުކާރަށް ތިން އަހަރު ފުރިގެންދާއިރު އިދާރާތަކުގައި މުވައްޒަފުން ތިބީ ކޮންމެހެން ބޭނުންވާ ވަރަށްތޯ ބަލަންޖެހޭ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ސިޔާސީ މަޤާމުތައް އިންތިހާއަށް އިތުރުވެ، މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި ތަފާތު އެކި އިދާރާތަކުގައި މުވައްޒަފުން ތިބީ ކޮންމެހެން ބޭނުންވާ ވަރަށްތޯ ކަށަވަރު ކުރުމަށްޓަކައި އެޗްއާރު އޮޑިޓެއް ހެދުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

Advertisement

އަންނަ އަހަރަށް ހުށަހެޅި ބަޖެޓް ދިރާސާކުރާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ މާލީ ވަޒީރު ވިދާޅުވީ އެ އޮޑިޓް ހަދާ ނިމުމުން ބޭނުންވާ ވަރަށް ވުރެެ އިތުރަށް މުަވައްޒަފުން ތިބި ތަންތަން ރައިޓް ސައިޒް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.