ޓީޗަރާ މާރާމާރީ ހިންގީ ދަރިވަރުގެ ފޯނުން ބަދުއަޚުލާޤީ މަންޒަރުތައް ބެލުން ހުއްޓުވާލުމުން.

ޝާން މުޙައްމަދު | 10 ޑިސެމްބަރ 2025 | ޚަބަރު
2

އައްޑޫގެ ސިޓީ ހިތަދޫގެ ސްކޫލެއްގައި ގުރޭޑު 12 ގެ ދަރިވަރަކު ކުލާސްތެރޭ ބަދުއަހުލާގީ މަންޒަރު ފެންނަ ވީޑިއޯއެއް ބެލުމަށް ފަހު ކުލާސް ޓީޗަރާ މާރާމާރީ ހިންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މިއަދު ސްކޫލަށް ގޮސް ދަރިވަރުން ކިޔަވަމުން ދިޔަ ވަގުތެއްގައެވެ. އަދި މި ހާދިސާއާއި ހިނގި އިރު ނަގާފައިވާ،
ދަރިވަރާއި ޓީޗަރު މާރާމާރީ ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއްވެސް މިހާރު ދަނީ މީސް މީޑިޔާގައި ދައުރުވަމުންނެވެ.

Advertisement

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ދަރިވަރު ވަނީ ބަދުއަހުލާގީ މަންޒަރު ފެންނަ ވީޑިއޯ އޭނާގެ ކުލާހުގައި ހުރި ސްޕީކަރުން ވެސް ޖައްސައިފައެވެ. އަދި އެކަން ހުއްޓުވުމަށް ޓީޗަރު މަސައްކަތް ކުރުމުން ޓީޗަރަށް އަނިޔާކުރާ މަންޒަރު ވެސް ފެނެއެވެ. އަދި ޓީޗަރު ވެސް ދަރިވަރުގެ ގައިގައި ޖަހާ މަންޒަރު ފެނެއެވެ.

މި ހާދިސާ އާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ޓީޗަރު ވަޒީފާއިން ސަސްޕެންޑު ކޮށް މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ވެސް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ދ ދުއްލިސާ
ހަމައެކަނި ޓީޗަރު ކުއްވެރިވާ ސަބަބަކީ ކޮބާ. ތިކަމާހުރެ މިހާރު ޓީޗަރުން ލިބުންވެސް ދަތިވަނީ
އ އަހުމަދު އަޢުފް ޝާހް، ރިޒްނާހެވަން ސ.ހިތަދޫ
ޓީޗަރު ބިދޭސީ މީހަކަށް ވުމުން އެމީހާ ކުއްވެރިކޮށް ދަރިވަރު ކުލާހުގަ އޮރިޔާން ފިލިމް ދައްކާ ސިނަމާ އަޅުވީމަވެސް، ދިވެއްސަކަށް ވުމުން ދަރިވަރު ގޯސް ނުވުމަކީ ސިކުނޑީގެ ބަލިމަޑު ކަމެއް. ކަމެއްވާއިރަށް ބިދޭސީ މީހާ ގޯސް ނުކުރޭ. އަމަލު ގޯސް ކުރޭ! ކޮންމެ މީހަކު ކުރިކަމުގަ ވިޔަސްމެ.ދިވެހިންނަކީ ވަރަށް ނާއިންސާވުރި، ވަރަށް މުނާފިގުކަން ބޮޑު، ދޮގުވެރި، ކިބުރުވެރި، ލާއިންސާނީ، ބޮޑާ އަދި ކެހިވެރި ބައެއް. އާނނ. އެކަމަކު މުސްލިމުންނޯ ހަހަ!