ފެނަކައާ ދެކޮޅަށް ފޯކައިދޫގެ ރައްޔިތުން ކުރި މުޒާހަރާ ކާމިޔާބު ކޮށްފި.

މިލައުތުރު | 7 ސެޕްޓެމްބަރ 2026 | ޚަބަރު
3

އެއްވެސް ކުށެއްނެތް 14 މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ށ. ފޯކައިދޫގެ ރައްޔިތުން ކުރި މުޒާހަރާ ކާމިޔާބު ކޮށްފިއެވެ.

މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ކަނޑާލި މީހުންގެ ތެރޭގައި ހިމެނޭ ވަޒީފާގައި އެންމެ ގިނަ ދުވަސްވީ މީހާއަށް ވަޒީފާ އިޔާދަކޮށްދިނުމާއެކު ފެނަކަ ފޯކައިދޫ ބްރާންޗްގެ ހިންގުން ވެސް ޙަވާލުކޮށްފިއެވެ. ކުރިން ހިންގުމާއި ޙަވާލުވެގެން ހުރި މާހިދުގެ އަތުން ހިންގުމުގެ ބާރުތައް ނެގުމަށްފަހު، އާދަމް ނަސީރުއާއި މިހާރު ވަނީ ހިންގުން ޙަވާލުކޮށްފައެވެ. އާދަމް ނަސީރަކީ ވަޒީފާއިން ވަކިކުރި 14 މުވައްޒަފުންގެ ތެރޭގައި ހިމެނޭ މުވައްޒަފެކެވެ.

Advertisement

މަޢުލޫމާތު ލިބޭގޮތުގައި އާދަމް ނަސީރު މިއަދުގެ ވަގުތެއްގައި ވަނީ ފެނަކަ ހިންގެވުމާއި ރަސްމީކޮށް ޙަވާލުވެފައެވެ. އަދި ބާކީ ތިބި ކުދިންގެ ވަޒީފާ އަނބުރާ އިޔާދަކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

އިތުރު ތަފްޞީލް އަންނަނީ….

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ކ ކާކުކަން އެނގޭނެ
ކޮބާތަ އެއްކަލަ ހަޓް މާސްޓަރ ދަ ބިގް ބޮސް
ޖ ޖަލް
މީހުންނަށް އަނިޔާވެރި ވުމަކީ އޭގެ ބަދަލު ފެންނާނެ ކަމެއް. ހާދަ ބަޔަކު ހާދަ ދުޢާއެއް ކޮށްފިޔޭ.
ރ ރޯނު އެދުރު
ކޮބާ ނާދިރާ؟ އަތަށް ގޮއްވާލީއޭ ދޯ!