އިރާންގެ ކުރީގެ ރޫޙީ ލީޑަރު އާޔަތު ﷲ ޢަލީ ޚާމަނާއީ އަކީ މުސްލިމެއް ނޫން – ޝައިޚް ސަމީރު

މިލައުތުރު | 22 މާރިޗު 2026 | ޚަބަރު
3

އީރާންގެ ލީޑަރުންނީ މުސްލިމުން ނޫންކަމަށް ދޭހަވާ ގޮތަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަޙްމަދު ސަމީރު ފަތުވާއެއް ނެރުއްވައިފި އެވެ.

ޝައިޚް ސަމީރުގެ ފަތުވާގައި ވަނީ، އީރާނުގެ ދީނީ މުރުޝިދު ޚުމައިނީއާއި ޚާމަނައީގެ ފޮތްތަކުގައި ޞަރީޙަކޮށް ލިޔެ ފާޅުކޮށް ބަޔާންކޮށްފައިވާ ވާހަކަތަކުން އަޅުގަނޑަށް އެނގި ކަށަވަރުވީ މި ދެމީހުންނަކީވެސް މާތް الله ރުއްސުންލެއްވި އުންމުލް މުއުމިނީނަ ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނާއި، އަބޫބަކުރުގެ ފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނާއި އެނޫންވެސް ޞަޙާބީންނަށް މަކަރާއި ޙީލަތާއި، ޚިޔާނާތް ނިސްބަތް ކުރުމާއި، އެބޭކަލުންނަކީ ފުރަތަމަ އިސްލާމްކަން އިޢުލާނުކުރި ދުވަހުން ފެށިގެންވެސް ވެރިކަމުގެ ދަހިވެތިކަމުގައި އިސްލާމް ދީން އިޢުލާނުކޮށްގެން ތިބި ޙީލަތްތެެރި ބައެއްކަމާއި، ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ މުރާދުވެސް އެމީހުންގެ ހަވާނަފުސުގެ އެދުންތަކަށް ބަދަލު ކުރި ބައެއް ކަމާައި، އަދި ޤުރްއާން ބަދަލުކުރަންވެސް ފަސްނުޖެހޭވަރުގެ އަމިއްލަ އެދުން ބޮޑު ބައެއް ކަމަށް ޤަބޫކުރުން ފަދަ، ޝީޢީ މަޒުހަބުގެ ބާޠިލު ޢަޤީދާގައި ދެމިތިބި ދެމީހުން ކަމެވެ.  އަދި މިދެމީހުންގެ ފޮތްތަކުގައި މި ވާހަކަތައް ހުރީ އެހެން މާނައެއް ދޭހަކުރެވޭ ވަރަށް ވުރެ މާ ޞަރީޙަކަން ބޮޑުކޮށް ކަމެވެ.

އެހެންކަމުން އީރާނުގެ ޙަމަލާތަކުންް ޔަހޫދީ ދައުލަތް ސުނާފަތިވާން އެދުނަސް އިސްލާމްދީނާއި އިސްލާމީ އުންމަތަށް ނަޞްރުދިނުމުގެ ނަމުގައި މި މީސްމީހުން މަތިވެރި ކުރުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ. އަދި ޝައިޚް ފަތުވާ ނެރުއްވީ މީހަކު ބުނި ވާހަކައެއް އަހައިގެނެއް ނޫން ކަމަށާއި، އެދެމީހުންގެ ފޮތްތަކުން ސާފުކޮށް ފެންނާންހުރި އެއްޗެއްސަށް ބަލާފަައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

D Dhen kobaata muslimu raavikkaige aoorumas vikkaigen dhivehi raajjeegai mihowdha a faisaa kaiboi hadhaameehun miey muslimunta
ބުނެދީބަލާ ރަލައި އޫރުމަސް ވިއްކާއިގެން ރިސޯޓުތަކުން މިހޯދާ ފައިސާ އަހަރެމެން ރާއްޖޭގެ ހުރިހާމީހުން ކައިބޮއި މިހަދަނީ ކީއްވެ ކީއްވެ ހަލާލުތަ
އ އިއްސެ
ތީއަންދަލްސްެް ދޯ
އ އުތުުރު
މުންޖޭ ކިޔާ