އައްޑޫ ފެނަކައިން ކުއްލިއަކަށް 100 އަށް ވުރެ ގިނަ މުވައްޒަފުން ވަކިކުރުމަކީ އަނިޔާ – ނިޒާރު

މިލައުތުރު | 22 އޮގަސްޓު 2026 | އަތޮޅުތަކުން

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ސިޓީ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 100 އަށްވުރެ ގިނަ މުވައްޒަފުން ކުއްލިގޮތަކަށް ވަކިކޮށްފިއެވެ.

ފެނަކައިން ގިނަ މުވައްޒަފުންތަކެއް ވަކިކުރުމާ ގުޅިގެން ސިޓީ މޭޔަރު ވިދާޅުވީ އެއީ އެތަކެއް އާއިލާއެއް ބިކަވެ، އައްޑޫ މިސިޓީގެ އިޤްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ އަނިޔާވެރި ނިންމުމެއް ކަމަށެވެ.

Advertisement

މޭޔަރު ނިޒާރު އިތުރަށް ވިދާޅުވީ މުވައްޒަފުން ވަކިކުރުމުގައި އެމުވައްޒަފުންގެ ސިޔާސީ ފިކުރަށް ބަލާފައިވާކަން ޔަގީން ކުރެވޭކަމަށާއި، މިފަދަ އަނިޔާއާއި ތަފާތުކުރުމާއި ދެކޮޅަށް ތެދުވަން ޖެހޭކަމަށެވެ.

އަދި އައްޑޫ ސިޓީގެތަރައްގީއަށް ހުރަސްއެޅުމާއި، ރައްޔިތުންނަށް އަނިޔާވެރިވުމާއި، އޮޅުވާލުން އިތުރުކޮށްފައިވުމާއި އެކު އައްޑޫ ސިޓީގެ ރައްޔިތުން ސަރުކާރުގެ އަނިޔާވެރި ސިޔާސަތުތަކާއި ދެކޮޅަށް، ގާނޫނު އަސާސީން ކަށަވަރުވާ ހައްގުތަކުގެ ތެރެއިންނާއި، ގާނޫނީ އިންތަކުގެ ތެރެއިން އިހްތިޖާޖަށް ނިކުތުމަށް ވަނީ ގޮވާލައްވާފައެވެ.

އަދި ޚުދު މޭޔަރުވެސް ރައްޔިތުންނާއެކު ހުންނަވާނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.