ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ސަރުކާރުގެ ހިއްސާ އޮންނަ ރިސޯޓުތައް ހަދައި، އެތަންތަނުން ލިބޭ ފައިދާ ރައްޔިތުންނަށް ބެހުމަށްޓަަކައި އެކަމަށް ޚާއްސަ ކުންފުންޏެއް އުފައްދަވައިފި އެވެ.
ރިޒޯޓް ހިއްސާ ބެހުމަށްޓަކައި އުފެއްދެވި ކުންފުނީގެ ނަމަކީ “ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ)” އެވެ. މި ކުންފުނިން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއަރުވައި، ލިބޭ ފައިދާ ތަފާތުކުރުމެއް ނެތި ދިވެހި ރައްޔިތުންނަށް ބެހުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމް ކުރާނެއެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 10 ރިސޯޓު ހަދައި، އޭގެ ނަފާ ސީދާ ޑޮލަރުން ރައްޔިތު މީހާގެ ޖީބަށް ޖަމާކުރެވިގެންދާނެ އެވެ. ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފެށިތާ 50 އަހަރު ވެގެންދިޔަ އިރު ވެސް ސީދާ ގޮތެއްގައި ރައްޔިތު މީހާގެ ޖީބަށް އޭގެ ނަފާ ވަންނަ މިއީ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު