އެމްޑީޕީ އިންތިޚާބު: ށ. އަތޮޅަށް އަލީ ރިޒާ، ވޮލެޓޭ، ޝާޑު އަދި ސުނޭ އެކުގައި.

މިލައުތުރު | 6 ނޮވެމްބަރ 2026 | ސިޔާސީ

ނޮވެމްބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ށ. އަތޮޅަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ އެއް ކެންޑިޑޭޓް ކަމަށްވާ ވޮލެޓޭގެ ފޮޓޯ އާއި ނަން ތަފާތު ދެ ޓީމަކުން ބޭނުންކުރަމުން ދަނިކޮށް، އޭނާ ވެސް ހުރި ކޮޅު އިޢުލާން ކޮށްފި އެވެ.

އެއްވަނަ ޓީމްގައި ހިމެނެނީ މިލަންދޫ އަލީ ރިޒާ އާއި، ޅައިމަގު މުޙައްމަދު ޝާހިދު (ޝާޑު) އާއި، ފޭދޫ ވަސީމް ޙަސަން (ވޮލެޓޭ) އާއި، ފޯކައިދޫ މަރްޔަމް ސުނައިނާ (ސުނޭ) އެވެ. މީގެ ތެރެއިން ސުނޭ އަކީ އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓެކެވެ.

Advertisement

ދެވަނަ ޓީމްގައި ހިމެނޭ ފަރާތްތަކަކީ ފޯކައިދޫ އަޙްމަދު އަންވަރު (ރައީސް) އާއި، ފުނަދޫ އަޙްމަދު ޒުމްރަތު އާއި، މާލޭ އާދަމް އީމާން އާއި، ފޯކައިދޫ ނަޝާ ނަސީރު އެވެ. މީގެ ތެރެއިން ނަޝާ އަކީ އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިއަށް ވާދަކުރާ ދެވަނަ ފަރާތެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.