މަޖިލިސް މެންބަރުގެ ނާޤާބިލުކަމުން ށ. މަރޮށި ކައުންސިލްގެ ގޮނޑިއެއް ޕީއެންސީއަށް ގެއްލިއްޖެ.

މިލައުތުރު | 12 ފެބްރުއަރީ 2026 | ސިޔާސީ
5

ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރުގެ ނާޤާބިލުކަމުން ށ. މަރޮށި ކައުންސިލްގެ އަންހެނުންނަށް ޚާއްސާ ގޮނޑިއެއް ވެރިކަންކުރާ ޕީއެންސީއަށް ގެއްލިއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޮނޑިއަށް ވާދަކުރުމަށް ޕީއެންސީން ހުށަހެޅި އެޕްލިކޭޝަން ފޯމުގައި އަންހެން މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ހުށަހަޅުއްވާފައިވަނީ ފިރިހެނެއްގެ ގޮތުގައެވެ. ވަރަށް މުޖައްރިބު ފަރާތަކުން މި ނޫހަށް މަޢުލޫމާތު ޙިއްސާކުރައްވަމުން ބުނިގޮތުގައި ހުރިހާ ފޯމުތަކެއް ވެސް އިލެކްޝަނަށް ހުށަހެޅުމުގެ ކުރިން މަޢުލޫމާތު ޗެކްކޮށް ބެއްލެވީ ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިބްރާހީމް (ތެޔޮ މުޙައްމަދުބެ) އެވެ. އެހެނީ އެބޭފުޅާ އަކީ ދާއިރާ ހިންގާ ކޮމިޓީގެ ރައީސްކަމުގައި ވާތީއެވެ.

ޕީއެންސީ ކެންޑިޑޭޓުގެ އެޕްލިކޭޝަން ފޯމު ނުބައިކޮށް ފުރާފައި އޮތުމުގެ ސަބަބުން ވަނީ ބާޠިލުވެފައެވެ. އެހެންކަމުން ދެން އެ މަޤާމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓަށް އިންތިޚާބަކާ ނުލާ ގޮނޑި ވަނީ ކަށަވަރު ވެފައެވެ. އެހެންކަމުން އިލެކްޝަންގެ ލިސްޓްގައި މިހާރު އޭނާ ހިމަނުއްވާފައިވަނީ ހޮވިފައިވާ މީހެއްގެ ގޮތުގައެވެ.

އަމިއްލަ ގޮތުން ވާދަކުރެއްވި ނުހާ ޢަލީ ޒާހިރު، އޯޒޯން ށ. މަރޮށި ވަނީ އެ މަޤާމަށް ހޮވިފައެވެ. އަދި މީގެ އިތުރުން ޕީއެންސީގެ ދެ ކެންޑިޑޭޓުން އެއް ގޮނޑިއަށް ވާދަކުރަންޖެހުމުގެ ސަބަބުން އެމީހުންގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް މަސްލަޙަތު ގެއްލިފައެވެ. އެ ގޮނޑިއަށް ޕީއެންސީ ޓިކެޓުގައި ވާދަކުރަނީ ޙުސައިން ނާޒިމް އާއި ޝައިހާ އިބްރާހީމް ނިޒާރު އެވެ. އެއްވެސް މީހަކު ކެންޑިޑެސީ ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓެއް ޕީއެންސީގެ ކެންޑިޑޭޓަކާ ވާދަކުރާ އިންތިޚާބަކަށް މި އިންތިޚާބު ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ހ ހުސެން ނަސީމް
ގަޅި ވީމާ ވާގޮތް. އަންހެނެއް ފިރިހެނެއް ވެސް ވަކިނުވަނީ ތޯއްޗެ.
ނ ނަޒްރަތު
ތެޔޮ މޮހޮންމަދަކީ ބޮލެއް.
ޓ ޓީވީއެމް
ކަމެއް ވެސް ކުރަން އެނގޭ ބައެއް ނޫން.
އ އަބްދޯ
ތެޔޮ ބުރާންތި ހަހަހަ
ނ ނަޝާތު
ތެޔޮ ވިއްކަން އުޅުނު ކޮންމެ މީހަކީ ތަންދޮރު ދަންނަ މީހެއް ނޫން. ތިޔައީ ބޮލަށް ތެޔޮ އަރާފައިހުރި ބޮޑު ބުރާންޗެއް.