އީޝާ އަޝްރަފްގެ ދިފާއީ ވަކީލުންގެ ޓީމް އަލުން އެކުލަވާލައިފި.

މިލައުތުރު | 8 ނޮވެމްބަރ 2026 | ޚަބަރު

އީޝާ އަޝްރަފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ (ޒިނޭގެ ދޮގު ތުހުމަތު ކުރުމުގެ) ދައުވާގައި ޝަރީޢަތުގައި ދިފާއީ ވަކީލުންގެ ގޮތުގައި ކުރިން ތިއްބެވި ވަކީލުންގެ ބަދަލުގައި މުޅިން އައު ޓީމެއް އެކުލަވާލައިފި އެވެ.

އީޝާގެ ދިފާއީ ވަކީލުންގެ ގޮތުގައި އަލަށް ހަމަޖެއްސެވީ އަލްޢުސްތާޛް އިބްރާހީމް ހާފިޒް އެވެ. އަދި ޤާނޫނީ ލަވާ ދެއްވުމަށްޓަކައި ކޮންސަލްޓެންޓެއްގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ އާއި ބައިނަލްއަޤުވާމީ ޤާނޫނީ ވަކީލެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

Advertisement

ކުރިން ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އާއި ލޯޔަރު ފަރީދު އެވެ. އެމީހުންގެ ބަދަލުގައި އަލަަށް އެކުލަވާލި ޤާނޫނީ ޓީމުގެ މަސައްކަތްތައް ވަށާފައިވާކަން މި ނޫހަށް ވަނީ ކަށަވަރު ވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް “އަދަދު” ނޫހުން ނެރުނު “އައިޝާ” ޑޮކިއުމެންޓްރީގައި

ވާހަކަދައްކާފައިވަނީ އީޝާކަމަށް ތުހުމަތުކޮށް، ދައުލަތުން އޭނާގެ މައްޗަށް ގަޒުފުކުރުމުގެ (ޒިނޭގެ ދޮގު ތުހުމަތު ކުރުމުގެ) ދައުވާ އުފުލުމުން ކޯޓުގައި ޝަރީއަތް ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.