ށ. ފުނަދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަލީ ޚާލިދު ވެސް ޕީއެންސީ ދޫކޮށް އެމްޑީޕީއަށް

މިލައުތުރު | 17 އޮކްޓޯބަރ 2026 | ސިޔާސީ

ށ. ފުނަދޫ ޕީއެންސީ ލީޑަރޝިޕްގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދެވި ށ. ފުނަދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަލީ ޚާލިދު ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފުނަދޫ ކައުންސިލްގެ ކުރީގެ ރައީސް އަޙްމަދު އިބްރާހީމް ފުޅު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ފުނަދޫ ޕީއެންސީއަށް އަންނަމުން މިދާ ބަދަލުތަކާއެކު މުޅި ލީޑަރޝިޕް އެއްކޮށް ކަހަލަ ގޮތަކަށް އެމްޑީޕީއަށް ބަދަލުވެ ނިމެނީ ކަމަށް މަޢުލޫމާތު ލިބެއެވެ.

Advertisement

ޒަމާނުއްސުރެ ޕީއެންސީގެ މެޖޯރިޓީ އޮތް ފުނަދޫއިން މެޖޯރިޓީ ގެއްލި ސިޔާސީ މަލަމަތި ބަދަލުވީ އެވެ. އެހެންކަމުން 2028 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ފުނަދޫގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ފުރޮޅިގެން ދިއުމަކީ ވަރަށް ގާތްކަމެކެވެ.

ފުނަދޫ ޕީއެންސީގެ ބައެއް މީހުން ބުނަނީ ޒުވާން މަޖިލިސް މެންބަރެއް ލިބި، ސަރުކާރާއެކު ގާތް ގުޅުމެއް އޮތް ނަމަވެސް، ދާއިރާއަށް އެކަމުގެ އެދެވޭ ރާހަތެއް ނުކުރާ ކަމަށެވެ. މިހާރު ފެންނަމުން މިދަނީ އެކަމުގެ ސަބަބުން އުފެދިގެން އުޅޭ ޙާލަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.