ނޮވެމްބަރު 3 ގެ ބަޠަލެއްގެ ލަޤަބު ލާންސްކޯޕްރަލް ރިޓަޔަރޑް އަބްދުالله މުފީދަށް

މިލައުތުރު | 4 ނޮވެމްބަރ 2026 | ޚަބަރު

ނޮވެމްބަރު 3 ގައި ދިވެހިރާއްޖެއަށް ކުރިމަތިލާން ޖެހުނު ޢުދުވާނުގައި މާތްވެގެންވާ އިސްލާމްދީނާ، ދިވެހި ޤައުމުގެ ދިފާޢުގައި ލާންސްކޯޕްރަލް ރިޓަޔަރޑް އަބްދުالله މުފީދު، އަސްކަރީ،  ށ.ޅައިމަގު ކުރެއްވި ޖިހާދުގެ އަގުވަޒަންކޮށް ބަޠަލެއްގެ ދަރަޖަ އަރުވައިފި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ލަޤަބު އެރުވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. ޤައުމީ ދިފާޢީ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ ޚާއްސަ އައްޑަނަ ޙަވާލުކުރެއްވުމަށް ފަހު، އާއިލާގެ ބޭފުޅުން ރައީސާއެކު ގްރޫޕް ޕޮޓޯއެއް ނަންގަވާފައި ވެއެވެ.

Advertisement

ލާންސްކޯޕްރަލް ރިޓަޔަރޑް އަބްދުالله މުފީދު އަކީ، ނޮވެންބަރު 3 ގެ ޢުދުވާނީ ހަމާލާގައި، މާތްވެގެންވާ އިސްލާމްދީނާ، ދިވެހި ޤައުމުގެ ދިފާޢުގައި ޖިހާދުކުރެއްވި ހިތްވަރުގަދަ ބަޠަލެކެވެ. ރެކީޕެޓްރޯލަށް ބޭރަށް ނިކުމެވަޑައިގަތުމަށް އެންގުމުން، އެއްވެސް ޖެހިލުމެއް ނެތި، އަދި އަމިއްލަ ފުރާނަޔަށް ބެއްލެވުމެއް ނެތި، ދުޝްމަނުންނާ ކުރިމަތިލައްވަން ނިކުމެވަޑައިގެންނެވި އެވެ.

ލާންސްކޯޕްރަލް ރިޔަރޑް އަބްދުالله މުފީދު ސިފައިންގޭގައި ޚިދުމަތްކުރައްވަން ފެއްޓެވީ 27 ފެބުރުވަރީ 1982 ގައެެވެ. އަދި ޝަރަފުވެރިކަމާއެކު ޚިދުމަތުން ރިޓަޔަރ ކުރެއްވީ 11 ޖެނުއަރީ 1990 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.