ރަސްމާލެ ވިއްކާލުމަކީ ބައެއް ޢިލްމުވެރިންނަށް މައްސަލައަކަށް ނުވޭ.

މިލައުތުރު | 31 އޮކްޓޯބަރ 2026 | ރިޕޯޓު

ދިވެހީންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމުގެ ނަމުގައި އެތައް ބިލިޔަން ރުފިޔާއެއް ޚަރަދުކޮށްގެން ހިއްކި ރަސްމާލެ 99 އަހަރަށް އީގަލް ހިލްސަށް ވިއްކާލުމަކީ ބައެއް ޢިލްމުވެރިންނަށް މައްސަލައަކަށް ނުވެއެވެ.

ސަލަފު ޖަމިއްޔާގެ ޢިލްމުވެރިންގެ ފަރާތްޕުޅުން ފެނިގެންދަނީ ދިވެހި ރައްޔިތުންގެ ވިންދާ ދެކޮޅު އަދި ޤައުމިއްޔަތާ ވެސް ފުށުއަރާ ވިސްނުންތަކެވެ. ރަސްމާލެ މައްސަލައަކީ މިހާރު ބޮޑު ޤައުމީ މައްސަލައަކަށް ވެފައިވާ ދަނޑިވަޅެއްގައި ޝަރުތުތަކާއެކު ރަސްމާލެ ވިއްކާލުމަކީ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ފަތުވާތައް ނެރުއްވަމުން ގެންދަވާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ފާޑުކިއުންތައް ވަނީ އިތުރުވެފައެވެ.

Advertisement

އަދި ބައެއް ބޭކަލުން މި މައްސަލައިގެ ފޯކަސް ބަަދަލުކޮށްލުމަށްޓަަކައި އިންޑިޔާގެ ނުފޫޒަކީ މާ ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް ފަތުވާ ނެރުއްވާފައި ވެއެވެ. ކުރިން ބިން ވިއްކުމާއި ދެކޮޅަށް ވަކާލާތު ކުރެއްވި ބައެއް ބޭކަލުންނަށް ވެސް މިއަދު ބޭރުމީހުންނަށް ބިން ވިއްކުން ވަނީ ވަރިހަމަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.