މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ ފަރާތުން ކުރިމަތިވާ ދުއްތުރާތައް ހުއްޓުވައިދިނުމަށް ގޮވާލާ ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު 35 ގަޑީއިރު ފަހުން ނިންމާލިކަން ސައީދު އިޢުލާން ކޮށްފިއެވެ.
ހަޅުތާލު ހުއްޓާލިކަން އިޢުލާން ކުރުމަށް ފަހު އޭނާ ބުނީ، ކަމާބެހޭ ފަރާތްތަކުން ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށްޓަކައި ޝުކުރުވެރިވަން، އަދި ހޯމް މިނިސްޓަރު އިހުސާނަށް އަމިއްލައަށް ބަސް ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރަމެވެ. މި ކޮމިޓްމަންޓްތައް ކުރިއަށް ގެންދޭތޯ އޭނާ ބަލާނެކަމަށެވެ.
އަދި މުޅި ދުވަހު ފަހަތުގައި ވަރުގަދައަށް ތިބި އޭނާގެ އާއިލާއާއި އެކްސްޓެންޑް ފެމިލީއަށް ހިތުގެ އަޑިން ޝުކުރު އަދާކޮށްފައި ވެއެވެ. އަދި މި މައްސަލައަށް ދުރުދުރުން ހޭލުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދިން މީޑިއާއާއި ސޯޝަލް މީޑިއާ ޓީމުތަކަށްވެސް ޝުކުރު އަދާކޮށްފައި ވެއެވެ.
މީގެ އިތުރުން ދާއިރާގެ މަޖިލިސް މެމްބަރު އިސްމާޢީލް ނިޒާރު ވެސް އޭނާގެ ކައިރީގައި ހުންނެވި ކަމަށްޓަކައި ޝުކުރު އަދާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު