”ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް 2026“ ކޮންމެ ރަށެއްގެ ޓީމަކަށްވެސް ބައިވެރިވެވޭގޮތަށް ށ. ފީވަކުގައި ބާއްވާ ފުޓްސަލް މުބާރާތް، ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ.

ށ. ފީވައް | 13 އޮކްޓޯބަރ 2026 | ޚަބަރު

ށ. ފީވަކު ރޮލިގަންސް ޖަމްޢިއްޔާއިން އިންތިޒާމުކުރާ “ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފަންސާސް ހާސް ރުފިޔާގެ ބޮޑު އިނާމެއް ވަނީ ހުށަހަޅާފައެވެ.

މި މުބާރާތަކީ ފީވަކުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ފައިސާގެ އިނާމުތަކާއިއެކު ބޭއްވޭ، އެންމެ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތަށް ހެދުމުގެ މަޤްޞަދުގައި، 15 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 20 ޑިސެންބަރ 2026 ގައި ށ. ފީވަކު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

Advertisement

ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ޓީމުތަކަށް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް ޓީމު މެނޭޖަރަކީ ށ. ފީވަކަށް ނިސްބަތްވާ ފަރާތެއް ނުވަތަ ފީވަކުގެ ރައްޔިތަކަށް އިނދެގެން އުޅޭ ފަރާތެއް ކަމަށް ވާންޖެހެއެވެ. މުބާރާތުގެ ބައިވެރިވުމުގެ ފީއަކީ 2000 ރުފިޔާއެވެ. ޓީމު ރަޖިސްޓަރީ ކުރުމުގެ ސުންގަޑިއަކީ 20 އޮކްޓޯބަރ 2026 ކަމަށްވާއިރު، ޓީމު ލިސްޓް ހުށައެޅުމުގެ ސުންގަޑިއަކީ 20 ނޮވެންބަރ 2026 އެވެ.

ޓީމު ރަޖިސްޓްރީކުރާ ފޯމު: https://forms.gle/fXt91MVaSMA76prt9

މުބާރާތުގެ ޤަވާއިދު: https://l1nk.dev/xz8x9rb

ރޮލިންގަންސްގެ ވެބްސައިޓް: https://roligans.org/dv/news/roligans-dhondhon-futsal-challenge-2026-iulaan

މުބާރާތާއި ގުޅުންހުރި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9634754 (އަފްޒަލް) ނުވަތަ 9151884 (ޢަލީ ރިޝްވާން) އާއި ގުޅާ މަޢުލޫމާތު ސާފުކުރަމުން ގެންދިއުމަށް އެ ޖަމުޢިއްޔާއިން އެދެއެވެ.

މުބާރާތުގެ ބޮޑެތި އިނާމުތައް:

މުބާރާތުގެ ޗެމްޕިއަން ޓީމު: 50,000.00ރ (ފަންސާސް ހާސް ރުފިޔާ)

މުބާރާތުގެ ރަނަރަޕް ޓީމު: 20,000.00ރ (ވިހި ހާސް ރުފިޔާ)

މުބާރާތުގެ ފެއަރޕްލޭ ޓީމު: ޚާއްޞަ އިނާމު.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.