ތައިލޭންޑްގެ ލަވަކިއުންތެރިޔާ ލީސާ ދުނިޔޭގެ އެންމެ އުހުގައި ވިދާ ބަބުޅަނީ.

މިލައުތުރު | 18 ސެޕްޓެމްބަރ 2026 | ކުޅިވަރު

ތައިލޭންޑްގެ 29 އަހަރުގެ ލަވަކިއުންތެރިޔާ، ނެށުންތެރިޔާ، ބަތަލާ އަދި ރެޕާރ ލަލީސާ މަނޯބަލް (ލީސާ) ދުނިޔޭގެ ޗާޓުތަކުގެ އެއްވަނައިގާ ވިދާ ބަބުޅަން ފަށައިފި އެވެ.

ބުރުސޫރަ ރީތި އަދި ހުނަރުވެރި މި ފަންނާނުގެ އެންމެ ފަހުގެ ލަވަ ކަމުގައިވާ “ސަވަދިކާ” މި މަހުގެ 4 ވަނަ ދުވަހު ރިލީޒް ކުރި އިރު، ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ވެސް ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މިދިޔަ ހަފުތާ އާއި މި ހަފުތާގައި ސްޕޮޓިފައީގެ ދުނިޔޭގެ ޕޮޕް މިއުޒިކް ޗާޓުގެ އެއްވަނައިގާ ވަނީ ހިމެނިފައެވެ. އަދި އައިޓިއުންގެ ދުނިޔޭގެ ޗާޓުގެ އެއްވަނައިގާ ވެސް ވަނީ ހިމެނިފައެވެ. އަދި ޔޫޓިއުބްގައި 170 މިލިޔަން ހިޓްސް ލިބިފައި ވެއެވެ. މީގެ ހަތަރު އަހަރު ކުރިން އޭނާ ނެރުނު ލަވަ “މަނީ” އަށް ޔޫޓިއުބްގައި 1.2 ބިލިޔަން ހިޓްސް ލިބިފައި ވެއެވެ.

Advertisement

ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި އެމެރިކާގެ އެންމެ ބޮޑެތި ލޭޓް ނައިޓް ޝޯވްތަކުގައި ރަނިކަން ކޮށްފައިވަނީ ވެސް ލީސާ އެވެ. ޖިމީ ފެލަންގެ ލޭޓް ނައިޓް ޝޯވްގައި އޭނާ ބުނިގޮތުގައި، ކާމިޔާބީއަށް ވާޞިލް ވުމަށްޓަކައި އެންމެ ބޮޑު ސަޕޯޓެއް ދިނީ މައިންބަފައިން ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ބައްޕަ ދިން ހިތްވަރާއި ދެއްކެވި މިސްރާބު ފާހަގަކުރެވޭ ކަމަށެވެ. އޭނާ އިތުރަށް ބުނީ އޭނާއަށް އެންމެ ކުޑައިރުން ފެށިގެން ވެސް ބައްޕަ ކިޔަނީ “ސްޕަރ ސްޓަރ” ކަމަށެވެ. އެއީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.