އެމްޑީޕީ ހައްޖަ މިފަހަރު މާލެ ސިޓީން އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ޖީއެމް ގޮނޑިއަށް

މިލައުތުރު | 23 ނޮވެމްބަރ 2026 | ސިޔާސީ

ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި މާލެ ސިޓީން އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑި ކާމިޔާބު ކުރެއްވުމަށްޓަކައި މައްޗަންގޯޅި އުތުރު ދާއިރާގެ މިހާރުގެ ކައުންސިލް މެންބަރު އަދި އެމްޑީޕީ އެކްޓިވިސްޓް ޚަދީޖާ މުޙައްމަދު (ހައްޖަ)ގެ ކެމްޕެއިން ފުޅާކޮށް ވަރުގަދަކޮށްފި އެވެ.

ހައްޖަ ފާހަގަކުރެވެނީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ހިންގާ މަގުމަތީގެ ސީދާ ހަރަކާތްތަކާއި މުޒާހަރާތަކުގައި އެންމެ ޖެހިލުން ކުޑަ އަދި ހިތްވަރު ގަދަ އެއް އެކްޓިވިސްޓުގެ ގޮތުގައެވެ. އަދި އެމްޑީޕީގެ ސީދާ ހަރަކާތްތަކުގައި އެންމެ ކުރީ ސަފުން އަބަދުވެސް ފެންނަ ފިސާރި ކަނބަލެއްގެ ގޮތުގައެވެ.

Advertisement

މާލެ ސިޓީން އަންހެނުންނަށް ހާއްސަ ކުރެވިފައިވާ ކޮނޑިއަށް ކުރިމަތިލެެއްވުމަށް ނިންމެވީ ކީއްވެތޯ ސުވާލުކުރުމުން ޖަވާބުގައި ވިދާޅުވީ، އޭނާގެ އެންމެ ބޮޑު ބޭނުމަކީ ވެސް އަދި އަމާޒަކީ ވެސް އެމްޑީޕީއަށް 2028 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުން ކަމަށެވެ. އަދި އެކަން ހާޞިލްކުރުމުގައި ދެގޮތެއްނުވެ ޕާޓީގައި ސާބިތުވެ ހުންނަވާނެ ކަމަށާއި، އޭނާއަށް އިތުބާރު ކުރައްވާ އެމްޑީޕީގެ ލޮބުވެތި މެންބަރުން ކެންޑިޑޭޓް ނަންބަރު-3 އަށް ވޯޓުދެއްވުން އެދޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.