އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ރައީސްކަމަށް ވާދަކުރައްވާ އަރުޝަމްގެ މެނިފެސްޓޯ ނެރެފި.

މިލައުތުރު | 22 ނޮވެމްބަރ 2026 | ސިޔާސީ

އެމް.ޑީ.ޕީ ޒުވާނުންގެ ހިތްވަރަކީ ހަމައެކަނި މާލޭގައި ދިރިއުޅޭ ޒުވާނުންގެ ގުނަވަނެއްގެ ގޮތުގައި އޮތް އޮތުމުގެ ބަދަލުގައި، ޕާޓީގެ ކޮންމެ ޒުވާން މެންބަރަކަށް ވެސް އޭގެ ހިއްސާ އޮންނަންޖެހޭނެ ގުނަވަނެއް ކަމަށް ވަކާލާތުކުރައްވާ އަރުޝަމް އަބްދުﷲގެ ތަސައްވަރާއި މެނިފެސްޓޯ ނެރެފިއެވެ.

Advertisement

ޕާޓީގެ މެންބަރުން ރާއްޖޭގެ އެކި ސިޓީތަކާއި ރަށްރަށުގައި ތިބިއިރު، ޕާޓީގެ ހަރަކާތްތަކުގައާއި ނިންމުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ރަށެއްގައި ހުރި ނަމަވެސް ހަމަހަމަ ކަމާއި އެކު އޮންނަންވާނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ. ޒުވާނުންގެ ހިތްވަރަކީ މާލީގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ހަރަކާތްތެރިވާ ޕާޓީގެ މުހިންމު ގުނަވަނަކަށް ހެދޭނެ ކަމަށް ވެސް އޭނާ ޤަބޫލުކުރައްވައެވެ.

އަރުޝަމްގެ ތަސައްވަރަކީ، ތިރީގައިވާ ހަތަރު އަސާސަށް ބިނާކޮށް، އާ ހިތްވަރަކާއި އެކު، މެންބަރުންނާ ގުޅުންބޮޑު، ހަރަކާތްތެރި، އަދި ޒިންމާދާރު ޒުވާނުންގެ ހިތްވަރެއް ބިނާކުރުން ކަމުގައި އޭނާގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ. މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް އެކުލަވާލާފައިވާ އޭނާގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ބައިތަކަކީ؛

  1. އެންމެ ފުރަތަމަ ޒުވާނުން

ކޮންމެ ނިންމުމެއްގައި ތިޔަ ޒުވާނުންގެ އަޑު؛

  • ޒުވާނުންގެ ހިތްވަރުގެ އެންމެހައި މެމްބަރުންނަށް، ޒުވާނުންގެ ހިތްވަރުގެ އިސްވާރުންނާއި ފަސޭހައިން މުއާމަލާތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން.
  • ޤައުމީ މަޖިލީހުގެ މުހިންމު ނިންމުންތަކުގައި ޕާޓީގެ ޒުވާން މެންބަރުންގެ ލަފާ ހޯދުން.
  • އަޅުގަނޑު ނިންމާ ނިންމުންތަކަށް ޕާޓީގެ ޒުވާން މެންބަރުންނަށް ޖަވާބުދާރީވުން.
  1. ލާމަރުކަޒީ ޒުވާނުންގެ ހިތްވަރު

ޒުވާނުންގެ ހިތްވަރު އަމިއްލަ ރަށަށް؛

  • ރަށްރަށުގައި ތިބި ޒުވާނުންނަށް ބާރުވެރިކަންދިނުން.
  • ޤައުމީ ފެންވަރުގެ ނިންމުންތަކުގައި ރަށްތަށުގައި ތިބި ޒުވާނުންގެ މަޝްވަރާ ހޯދުން.
  • ރަށުގައި ތިބެގެން ޕާޓީގެ ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެވޭނެ މަގު ފަހިކޮށްދިނުން.
  • ރަށުގައި ހުރެގެންވެސް ޒުވާނުންގެ ހިތްވަރުގެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރުމާއި، ހަރަކާތްތައް ހިންގާ އަދި ބައިވެރިވުމުގެ ފުރުސަތު ޒުވާނުންނަށް ހޯދައިދިނުން.
  1. ދެމެހެއްޓެނިވި ޒުވާނުންގެ ހިތްވަރު

މާލީ މިނިވަންކަން ޒުވާނުންގެ ހިތްވަރަށް؛

  • ދައުރުގެ ހުރިހާ ދުވަހަކު ދެމެހެއްޓެނިވި މާލީ ގޮތެއްގައި ހަރަކާތްތައް ހިންގުން.
  • ފަންޑް ކޮމިޓީއާ ގުޅިގެން ދެފުށް ފެންނަ ގޮތެއްގައި ފައިސާ ހޯދޭނެ ހަރަކާތްތައް އެކުލަވާލުން.
  • މި ފަންޑުގެ އެހީގައި ޒުވާނުންގެ ހަރަކާތްތަކާއި، ތަމްރީނުތަކާއި، ރަށްރަށުގައި ހިންގާ އިސްނެގުންތަކަށް އެއްބާރުލުންދީ، ކޮންމެ މެންބަރަކަށްވެސް ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކަށަވަރުކޮށްދިނުން.
  • ބައިނަލްއަޤްވާމީ މަންސަތަކުގައި ޕާޓީ ތަމްސީލްކުރާ ޒުވާނުންނަށް މާލީ އަދި އިދާރީގޮތުން އެހީތެރިކަން ފޯރުކޮށްދިނުން.
  1. ޒުވާނުންނަށް އަޑު އުފުލުމުގެ ފުރުސަތު

މި ސަރުކާރު ޖަވާބުދާރީކޮށް، 2028 ގައި އެމްޑީޕީ އަލުން އަނބުރާ ވެރިކަމަށް ގެނައުމަށް؛

  • ސޯޝަލް މީޑިއާ އަދި އެހެނިހެން މަންސަ ތަކުގައި ސަރުކާރު ޖަވާބުދާރީކޮށް ޒުވާނުންގެ ހުރި ނުތަނަވަސްކަން ހިއްސާކޮށް އަޑު އުފުލޭނެ ފުރުސަތު ހޯދައިދިނުން.
  • ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ކަންކަމަށް ޒުވާނުންގެ ހިޔާލު ހޯދައި، ޒުވާނުނާއި އެކު އެ މަސައްކަތް ކުރިއަށް ގެންދިއުން.
  • ޕާޓީގެ ހުރިހާ ޒުވާނުންނާއި އެކު 2028 ގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން.

އިންތިޚާބު އޮންނާނީ 27 ނޮވެމްބަރުގައެވެ. އަރުޝަމްގެ ކެންޑިޑޭޓް ނަންބަރަކީ 2 އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.