މިލައުތުރު 2025: މިހާތަނަށް ފެނުުނު އެންމެ ފޯރި ގަދަ ކުއާޓަރ ފައިނަލް މެޗު ކަނޑިތީމު ކާމިޔާބުކޮށްފި.

މިލައުތުރު | 17 އޮކްޓޯބަރ 2025 | ކުޅިވަރު
3

ފުޓުބޯޅައިގާ ޒަމާނުއްސުރެ ވާދަވެރި ދެ ރަށް ކަމުގައިވާ ކަނޑިތީމާ ގޮއިދޫ ބައްދަލުކުރި މިލައުތުރު ފުޓްސަލް މުބާރާތުގެ ކުއާޓަރ ފައިނަލް މެޗު 3 – 2 ގެ ނަތީޖާއަކުން ކަނޑިތީމު ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލް ކަށަވަރު ކޮށްފި އެވެ.

Advertisement

މުޅި މެޗުގެ ކުޅުމަށް ބަލާއިރު، ހުރިހާ ވަގުތުތަކެއްގައި ވެސް ފެނިގެންދިޔައީ އާދަޔާ ޚިލާފު ފޯރިއެކެވެ. ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ މޮޅު ކުޅުމެކެވެ. މި މެޗުގައި އެންމެ ފުރަތަމަ ލީޑު ހޯދީ ގޮއިދޫ ޓީމެވެ. އަދި ފަހު ހާފުގެ ފަހު މިނެޓްކޮޅާ ހަމައަށް އެ ޓީމުން ލީޑު ދެމެއްޓިއެވެ.

ފަހު ހާފުގެ ފަހު ވަގުތުކޮޅުގައި ގޯލްތައް ކާމިޔާބުކޮށް ކަނޑިތީމު ލީޑު ހޯދާ މެޗު ކާމިޔާބުކުރިއެވެ. މިއީ މިހާތަނަށް މި މުބާރާތުގައި ފެނިގެންދިޔަ އެންމެ ވާދަވެރި މެޗުކަމީ އެއްވެސް ޝައްކެތް އޮތްކަމެއް ނޫނެވެ.

މެޗުގެ ފަހު ހާފުގައި ހަމަނުޖެހުމެއް އުފެދި ކުޑަ ވަގުތުކޮޅަކަށް މެޗު މެދުކަނޑާލަން ވެސް ޖެހިފައި ވެއެވެ. އަދި ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ވެސް ހަމަނުޖެހުމެއް ހިނގާފައި ވެއެވެ.

މިއީ ގާތް ގާތުގައި އޮންނަ ދެ ރަށް ކަމުގައި ވުމުން ގިނަ އަދަދަކަށް ސަޕޯޓަރުން މެޗު ބެލުމަށްޓަކައި ދަނޑަށް ވަދެފައި ވެއެވެ. ބެލެވޭގޮތުގައި މިއީ މެޗު ބެލުމަށާއި ސަޕޯޓުކުރުމަށް އެންމެ ގިނަ މީހުން ދަނޑަށް ވަތް މެޗެވެ. އަދި މިއީ މިހާތަނަށް ފޭސްބުކް ލައިވްކޮށް އެންމެ ގިނަ މީހުން ބެލި މެޗުވެސް މެއެވެ. އެގޮތުން ފަހު ހާފުގެ ވަގުތުތަކުގައި 1،000 މީހުން ފޭސްބުކް ލައިވް ބަލަމުން ގެންދިޔައެވެ.

މި މެޗުން ކަނޑިތީމު މޮޅުވުމުން ސެމީ ފައިނަލަށް ދަތުރުކުރީއެވެ. ގޮއިދޫ މުބާރާތުން ކެޓީއެވެ. އަދި ކަނޑިތީމަކީ ފާއިތުވި އަހަރުގެ މިލައުުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ނ ނަޝާތު
ގޮއިދޫއަށް ވެސް މޮޅުވާން ފުރުޞަތު ލިބުން. ނަސީބުގައި މިފަހަރު ނެތީ.
އ އެމްޕީ
ދެ ޓީމް ވެސް ވަރަށް މޮޅު. ކަނޑިތީމަށް ޙައްޤު މޮޅެއް. ކުރި ހިތްވަރުގެ ފޮނި މޭވާ.
އ އަބްދޯ
އަހަރެން ނިދެކެން މިހާ ފޯރި ގަދަ ފުޓްސަލް މެޗެއް.